Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރޯދަ މަހު މަގުތައް ވަރަށް އަމާން: ޕޮލިސް

ނިމިގެން ދިޔަ ރޯދަ މަހު އެއްގަމު ދަތުރުތަކުގައި އަދި މަގުމަތި ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިޔަ ކަމަށާއި އޭގެ ނަތީޖާ މުޅި ރާއްޖެއިން ވެސް ފެނިގެން ދިޔަ ކަމަށް ފުލުހުން ބުނެފި އެވެ. ވަރަށް ރަނގަޅަށެވެ.

ފުލުހުން ބުނީ ރޯދަ މަގަކީ މަހަކީ މާލެ އާއި އަތޮޅުތަކުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންޤިލާބެއް ގެނުވާ މަހެއް ކަމަށެވެ.

ހާއްސަކޮށް ވެރި ރަށް މާލެ އާއި އައްޑޫ ސިޓީގެ ރައްތަކާއި އެނޫން ވެސް އާބާދީ ބޮޑު ކާރޫބާރު ބޮޑު ސަރަޙައްދުތަކުގަ އެވެ.

އެހެން ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ރަމްޟާންމަހު މުޅި ރާއްޖޭގައި ވެސް އެއްގަމު ދަތުރުފަތުރުގެ ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ވަކިން ޚާއްޞަކޮށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޮޑެތި އެކްސިޑެންޓުތަކެއް ނުހިނގުމުގެ ނަތީޖާއެއްގެ ގޮތުން މީހުންގެ މުދަލަށާއި ނަފްސަށް ގެއްލުން ލިބުން ރަމްޟާންމަހު ވަރަށް ބޮޑަށް މަދުކުރެވިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި އައްޑޫ ސިޓީގައި ވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެން ދިޔައީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަން ފުލުހުން ފާހަގަ ކުރި އެވެ.

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށް ދިނުމަށް މުޅި ރާއްޖޭގައި ރޯދަ މަހަށް ޚާއްޞަކޮށް ފުލުހުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރާ އުޅަނދުތައް ޤަވާޢިދާ އެއްގޮތަށް ދުއްވުމަށް ބާރުއަޅައި ރައްޔިތުންނަށް ލުއި ފަސޭހަ ވާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ޤަވާޢިދާ އެއްގޮތަށް ދުއްވުމަށް ބާރުއަޅައި ނަސޭޙަތްތެރި ވެފައިވެ އެވެ.