Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

މީދޫ ގެއަކުން ވައްކަންކޮށްގެން ހައްޔަރު

ސ. މީދޫ ހުސްނުހީނާވިލާ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު، އެ ފައިސާ ނެގިތާ ގާތްގަނޑަކަށް 17 މިނެޓް ތެރޭގައި ވަގަށް ނަގާފައިވާ ބައެއް ފައިސާ އާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ 4:36 ހާއިރު އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ފައިސާތައް ނަގާފައި ވަނީ ހުސްނުހީނާވިލާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ކަމަށާއި ގާތްގަނޑަށް -/10،000ރ އޭގެ ތެރޭގައި އޮންނާނެ ކަމަށް އެގެއިން ވަނީ ފުލުހުންނަށް މަޢޫލޫމާތު ދީފައިވެ އެވެ.

އަދި އެ ސަރަހައްދުން ވައްކަންކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ މިހަކު ފެނިފައިވާ ކަމަށް ވެސް އެ ގެއިން މަޢުލޫމާތު ދީފައިވެ އެވެ.

ފުލުހުން އޭނާ ހޯދައި، ސުވާލު ކުރުމުން އެގެއިން ނަގާފައިވާ ފައިސާގެ ތެރެއިން -/6،000ރ. ފުލުހުންނަށް ވަނީ ދައްކައިފަ އެވެ.

މި ރުފިޔާގެ އިތުރުން އެ ގެއިން އެއްވެސް ރުފިޔާ އެއް ނަގާފައި ނުވާ ކަމަށް ފުލުހުންގެ ތަޙުޤީޤުގައި އޭނާ ވަނީ ބުނެފައެވެ.

މި ފައިސާ އޭނާ ރައްކާކޮށަފއި ހުރީ އޭނާގެ ގޭގައި ނިދާ ކޮޓަރީގެ އެނދު ދަށުގައި ބާއްވާފައި އޮތް އަމިއްލަ ވޮލެޓް ތެރޭގަ އެވެ.