Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ގާޒާ ފަންޑަށް އައްޑޫން 200،000ރ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫގައި ބެހެއްޓި ފަންޑް ފޮއްޓަށް ދެ ދުވަހުގެ ތެރޭގައި 200،000ރ. އަށް ވުރެ ގިނަ ފައިސާ ލިބިއްޖެ އެވެ.

ހިތަދޫ ނޫރުލް އިސްލާމާއި ޕާލްސް ޖަމިއްޔާ ގުޅިގެން މިދިޔަ މަހުގެ 25-28 އަށް އައްޑޫގައި ބެހެއްޓި ފަންޑް ފޮށިތަކަށް ދިވެހި ފައިސާ އިން 203،347.75ރ. އާއި 726 ޔޫއެސް ޑޮލަރު ލިބިފައިވެ އެވެ.

ނޫރުލް އިސްލާމުން ބުނީ އެ ފައިސާ މިހާރު އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ގާޒާ ގާޒާ ފަންޑް މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އައްޑޫން ލިބުނު ފައިސާ ޖަމާ ކުރީ ހިތަދޫގައި ހުންނަ އެމްއައިބީ ބްރާންޗް މެދުވެރިކޮށެވެ.

ނޫރުލް އިސްލާމާއި ޕާލްސް އިން ވަނީ އައްޑޫން ގާޒާ ފަންޑަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަހަށްޓަކައި ޝުކުރު ވެސް އަދާކޮށްފަ އެވެ.