Last Updated: April 23, 21:11
Tuesday, April 23, 2024
ވިޔަފާރި

ކައްކާ ގޭހާއި ބިސް ލިބުން ދަތިވެއްޖެ

އައްޑޫން ކައްކާ ގޭހާއި ކުކުޅު ބިސް ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ އެވެ.

ރޯދަ މަސް ނިމުނުތަނާހެން މި ދެ ބާވަތް އައްޑޫން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އާންމުން ބުންޏެވެ.

އައްޑޫގެ ގިނަ ފިހާރަތަކުން އެއްކޮށް ބިސް ހުސްވެފައިވާ އިރު ބިހުގެ އަގު ވެސް އުފުލިގެން ގޮސްފައިވެ އެވެ.

އެގޮތުން ބިހެއް ވިއްކާފައި ވަނީ 2.25ރ. އާއި 2.50ރ. ރޭޓުންނެވެ.

ކައްކާ ގޭސް ހުސްވެ، އާންމުންނަށް ގޭސް ލިބުން ދަތިވެފައިވާ އިރު ގޭހުގެ ވިޔަފާރި ކުރާ ފިހާރަތަކުންނާއި ގޭސް ވިއްކާ ބައެއް އާންމުން ބުނީ ގޭހުހެ ތާށިކަން ކުރިމަތިވީ މާލޭން އައްޑު އަށް ގޭސް ގެނައުން ލަސްވެގެން ކަމަށެވެ.

އައްޑޫގެ ގިނަ ތަންތަނުން ގޭސް ހުސްވެފައި ހުރި ނަމަވެސް، ބައެއް ފިހާރަތަކުގައި މަދުމަދުން ގޭސް ހުރިކަން ފާހަގަކޮށްލެވެ އެވެ.

އެހެން ނަމަވެސް އެ ފަރާތްތަކުން ގޭސް ދޫކުރަނީ ފިހާރަތަކާ އެކު، ގޭސް ނެގުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ގޭސް ވިއްކާ ފަރާތްތަކުން ބުނީ އައްޑު އަށް ދެން ގޭސް ލިބޭނީ އަންނަ ހަފުތާގެ އާދިއްތަ ހޯމަ ހިސާބުގައި ކަމަށެވެ. އަދި ގޭސް އައްޑޫން ލިބުމުގައި ތާށިކަމެއް ކުރިމަތިވީ މާލޭން ބޯޓްފަހަރު ފުރުން ލަސްވެގެން ކަމަށް ގޭސް ވިއްކާ ފަރާތްތަކުން ބުންޏެވެ.