Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

ދިގު އިންތިޒާރަކަށް ފަހު "ކްއެންޗް" ހުޅުވައިފި

ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ "ކްއެންޗް"ގެ ފަރާތުން ހިތަދޫގައި އިމާރާތް ކުރި "ކްއެންޗް ރެސްޓޯރެންޓް" އެތައް ބަޔަކު ދިގު އިންތިޒާރުތަކެއް ކުރަމުން ދަނިކޮށް މިއަދު ހެނދުނު ހުޅުވައިފިއެވެ.

މިވަގުތު އައްޑޫގައި އިމާރާތްކޮށްފައިވާ އެންމެ ހިތްފަސޭހަ، އަދި އެންމެ ހިތްގައިމު ރެސްޓޯރެންޓްގެ ވެރިއާ އަލީ މާހިރު ބުނީ، މިއަދުން ފެށިގެން ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވާފައި ހުންނާނެކަމަށެވެ. އަދި އަބަދުވެސް ކްއެންޗުން މަސައްކަތް ކުރާނީ ކަސްޓަމަރުން އެދޭ ފަދަ ފުރިހަމަ ހިދްމަތެއް ފޯރުކޮށް ދިނުމަށެވެ.
1380510_597337140322934_484977562_n

ރެސްޓޯރެންޓްގެ ބޭރުގައި ހިތްފަސޭހަ ބަޗީޗާގެ ފުރިހަމަ ލޭންޑްސްކޭޕިން އާއި އެކު ހަދާފައިވާ ރެސްޓޯރެންޓް ރަސްމީކޮށް ނުހުޅުވި ނަމަވެސް މިދިޔަ އހަރުން ފެށިގެން ބައެއް ކާވެނި ޕާޓީ ތަކާއި، އެހެނިހެން ހަފްލާތައް ވަނީ ކްއެންޗްގައި ބާއްވާފައެވެ.

އަދި ނިމިގެން ދިޔަ ރަމަޟާން މަހު ރޯދަ ވީއްލުން، ބޭއްވި އިރު އެތަނަށް ވަނީ ގިނަ ބައެއްގެ ތަރްހީބް ލިބިފައެވެ.

80އިގެ އަހަރުތަކުގައި މާލޭ އާއި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ "ކްއެންޗް ކޭޓަރިން"ގެ ރަހަތަކާއި، ހިދްމަތްތައް އަދިވެސް ބައެއް ދިވެހިންގެ އަރުތެރެއިން ކެނޑިގެން ނުދެއެވެ.

އަލީ މާހިރް ބުނީ ރެސްޓޯރެންޓް ހުޅުވުން ލަސްވެގެން ދިޔައީ ތަން ބޭނުންވާ ފެންވަރަށް ތައްޔާރު ކުރުމަށް ދިގު މުއްދަތެއް ނެގުމުން ކަމަށެވެ. އަދި ހުޅުވާއިރު ތައްޔާރުވެގެން ހުޅުވަން ކަމަށެވެ.
1720_495208987202417_1897415704_n