Last Updated: March 28, 13:49
Thursday, March 28, 2024
ސިޔާސީ

ރޮޒޭ "ކޮށާލާނެ" ކަމުގެ އިންޒާރު ދީފި

ރައްޔިތުންގެ މަޖްލިސްގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) އަށް މިއަދު އަނެއްކާވެސް ބަޔަކު މަރުގެ އިންޒާރު ދީފިއެވެ.

ރޮޒޭ ވަނީ އޭނާ "ކޮށާލާނެ" ކަމަށް ބުނެ "އަންލިސްޓް" ނަންބަރަކުން ފޮނުވި އެސްއެމްއެސް މީޑިއާ އާއި ހިއްސާކޮށްފައެވެ.

އައްޑޫގެ އެއްގަމާއި، ކަނޑުގެ ދަތުރު ފަތުރުގެ ކަންކަން ދޯދިޔާވެ، ބޮއްސުންލާފައިވާތީ މަޖްލިސްގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހް އާއި އެކު ރޮޒޭ ވަނީ މަޖްލިސްގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާމިންވަރު ބަލާ ކޮމެޓީއަށް މައްސަލަ އެއް ހުށަހެޅުއްވާފައެވެ.

ރޮޒޭ އަށް މިއަދު ފޮނުވި މެސެޖްގައި ވަނީ " ފާޑު ފާޑަށް ނޫސްބަޔާން ނެރޭނަމަ ކޮށާލާނަން! އަދި މިތިބެނީ މަޑުން" އެވެ.

"ފާޑު ފާޑަށް އުޅޭ ނަމަ މަރާލާނެކަމަށް ބުނެ އޮގްސްޓް 2 ވަނަ ދުވަހުވެސް ވަނީ ރޮޒޭއަށް އިންޒާރު ދީފައެވެ.

މަޖްލިސްގެ ބައެއް މެމްބަރުންނާއި، މީޑިއާގެ ބައެއް ފަރާތަކަށް އިންޒާރުގެ މެސެޖް ފޮނުވާ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު އެކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.