Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޝަރަފުއްދީން ސްކޫލްގެ މޮޅު ދަރިވަރަކަށް ޔަޒްކާ ޝާޠިރް

ޔަޒްކާ މެދުގައި. މުޅި ރާއްޖޭގެ ގަދަ 10 ގައި ހިމެނުމުގެ އިތުރުން ޝަރަފުއްދޫީން ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރު.

ނިމިގެންދިޔަ 2013 ވަނަ އަހަރު ޝަރަފުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 10 އީގެ ދަރިވަރު ޔަޒްކާ ޝާޠިރު ހޮވިއްޖެއެވެ.

ރޭ އެސްކޫލްގައި ބޭއްވި ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ޔަޒްކާއަށް އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާދް) މުހައްމަދު ނާޒިމްއެވެ.

ރޭގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު 5 ދަރިވަރުންނަށް ވަނީ އިނާމް ހަވާލުކޮށްފައެވެ. މިދިޔަ އަހރު އެ ސްކޫލުން އެންމެ މޮޅު 5 ދަރިވަރުންނަށް ހޮވިފައިވަނީ ޔަޒްކާ ޝާޠިރު، އާއި އާއިޝަތު ހަނާން، އީމާން ޝަފީޤް، ޒަޔާން މުހައްމަދު ނަސީރުގެ އިތުރުން މަރްޔަމް ޝާޔާ ލަޠީފްއެވެ.

މީގެ އިތުރުން ޖީސީއީ އޯލެވެލް އަދި އެސްއެސްއެސްސީ އިމްތިހާނުން މުޅި ރާއްޖެއިން ގަދަ 10 އެއްގައި ހިމެނުނ ދަރިވަރުންނާއި، ޕްރައިމަރީ ލެވެލް އިން ގަދަ 10 އެއްގައި ހިމެނު ދަރިވަރުންނަށް ވަނީ ތައްޓާއި އިމާމު ދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވީ ދަރިވަރުންގެ ތައުލީމްގައި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، ރަން ވަނަ ހޯދުމުގައި މުދައްރިސުންނާއި، ސްކޫލްގެ ވެރިން ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެފަދަ ކާމިޔާބެއް ދަރިވަރުންނަށް ހޯދެވޭނީ ރަނގަޅު ކިޔަވައި ދިނުމުގެ މާހައުލެއް ސްކޫލްގައި ގާއިމް ވެފައި އޮތުމުން ކަމަށެވެ.

މިނިސްޓަރ ވަނީ ވަނަ ވަނ ހޯދި ދަރިވަރުންނަށް މަރްހަބާ ކިޔާފައެވެ.