Last Updated: April 23, 16:44
Tuesday, April 23, 2024
ވިޔަފާރި

އިމިގްރޭޝަން ހިތަދޫ އޮފީހަށް، މީރާ ކައުންސިލް އިދާރާއަށް

އައްޑޫ ސިޓީ ކައުންސިލް އިމާރާތުގައި ކުރިން ހިންގަމުން ދިޔަ، އިމިގްރޭޝަން އޮފީސް ހިތަދޫ އަވަށު އޮފީހަށް ބަދަލުކޮށް މީރާގެ ރީޖަނަލް އޮފީހެއް ކައުންސިލް އިދާރާގައި ހުޅުވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ.

އިމިގްރޭޝަން މާލެއިން ދެމުންގެންދާ ހުރިހާ ހިދްމަތެއް ފޯރުކޮށްދޭން ތައްޔާރު ވަމުން އަންނަ އިރު ޖުލައި 23 ވަނަ ދުވަހުން ފެށިގެން އައްޑޫން ޕާސްޕޯޓު ހަދަން ވަނީ ފަށާފައެވެ.

ހިތަދޫ އަވަށު އޮފީހުގައި ހަދާ އިމިގްރޭޝަން ކައުންޓަރުން، ބިދޭސީންގެ ވޯކް ވިސާ އާއި، ބިދޭސީންނާއި ގުޅޭ ހުރިހާ ހިދްމަތެއް ދޭނެކަމަށް ޑިފެންސް މިނިސްޓަރ ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިރާގެ ރީޖަނަލް އޮފީސްއަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ފަހު އެފަރާތްތައް އިތުރު ތަމްރީނު ދިނުމަށް މިހާރު ވަނީ މާލެ ގެންގޮސްފައެވެ. އަދި އިތުރު މުވައްޒަފުންނާއި އެކު، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މީރާގެ އައްޑޫ އޮފީސް ހުޅުވޭނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީރާ އާއި އިމިގްރޭޝަންގެ ހުރިހާ ހިދްމަތެއް އައްޑޫން ލިބިގެން ދިއުމަކީ އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.