Last Updated: April 18, 22:36
Friday, April 19, 2024
ސިޔާސީ

މައުމޫން އީނާ އާ ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި އަށް ވާދަ ކުރާ އީނާ ނަސީރާ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

މާލޭގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި އޮތް މި ބައްދަވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުސްވެފައިވާ ފޭދޫ ދާއިރާގެ ކައުންސިލް ގޮނޑި އަށް ޕީޕީއެމްގެ ފރާތުން ވާދަ ކުރަން ނިންމައި، އީނާ މިހާރު އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ.

އޭނާ ނޫން މީހަކު ފޭދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

hlkl (2)

އަންނަ މަހުގެ 20 ގައި ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަ ކުރާނެ އެވެ. އެއީ އަލީ ފަހުމީ އަހުމަދު (އަހަންމާގެ ފަހުމީ) އެވެ.

HJJJKH

އޭނާ އަށް ޓިކެޓް ލިބުނީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބުކޮށްގެންނެވެ.

އެމްޑީޕީން ޕްރައިމެރީގައި ފަހުމީ އާ އެކު އިތުރު ހަތަރު މީހަކު ވާދަ ކުރި އެވެ.

ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު، އެ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) އަށް ހާޓްއެޓޭކެއް ޖެހި އަވަހާރަވުމާ ގުޅިގެންނެވެ.