Last Updated: April 19, 10:32
Friday, April 19, 2024
ސިޔާސީ

ލިރާރު ޕީޕީއެމަށް ސޮއިކޮށްފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ފަރާތުން އައްޑު އަށް ކަނޑައަޅާފައި ހުންނެވި ކެމްޕޭން މެނޭޖަރު އަދި އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ މުހައްމަދު ލިރާރު ޕީޕީއެމަށް ސޮއި ސޮއިކޮށްފި އެވެ.

އެހެން ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ލިބޭ ގޮތެއް ނުވި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ލިރާރު ޕީޕީއެމަށް ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައްޔިތޔުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ބައިވެރިވެވަޑައިގެންނެވި އެވެ.

ލިރާރު ޕީޕީއެމަށް ސޮއި ކުރުމަށް ފަހު، ފޯމް ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަކުން ފާތުމަތު އިބްރާހީމާ އެވެ.

HJKL

އެމްޑީޕީގައި ވަރަށް އިސް ރޯލެއް އަދާ ކުރި ލިރާރާއި އެ ޕާޓީ އާ ދެމެދު މައްސަލަތަކެއް ޖެހުނީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ޕްރައިމެރީ ދުވަަސްވަރު އެވެ.

އެގޮތުން ލިރާރު ނިސްބަތްވާ މަރަދުފޭދު އާއި މީދޫ ހިމެނޭ މަޖިލިސް ދާއިރާ މީދޫ ގޮނޑި އަށް އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި ޕްރައިމެރީގައި އޭނާ ވާދަ ކުރި އެވެ.

ލިރާރާ އެކު ދެން އެ ދާއިރާ އަށް ވާދަ ކުރެއްވީ މިހާރު އެ ދާއިރާގެ މެމްބަރު ރޮަޒައިނާ އާދަމާއި އަލީ ޝަހީމެވެ.

އެހެން ނަމަވެސް ރޮޒައިނާ ޓިކެޓް ކަށަވަރު ކުރީ ޕްރައިމެރީގައި އޮޅުވާލައިގެން ކަމަށް ލިރާރު ވަނީ ބުނެފަ އެވެ.

އަދި އެ މައްސަލަ ބަލައި ދިނުމަށް އޭނާ އެމްޑީޕީގެ އޭރު އިންތިހާބާ ބެހޭ ކޮމިޓީ އަށް ވެސް ހުށަހެޅި އެވެ.

ޕްރައިމެރީގައި ރޮޒެއިނާ މީދޫ ދާއިރާގެ ޓިކެޓް ކާމިޔާބްކޮށްފައި ވަނީ 457 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާ ވާދަކޮށްގެން ޝަހީމަށް ލިބިފައި ވަނީ 137 ވޯޓެވެ. އަދި ލިރާރަށް ލިބުނީ 105 ވޯޓެވެ.