Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސެޕްޓެމްބަރުގައި "އިންސާނާ" އަންނަނީ

އަލީ ސީޒަން ޕްރޮޑިއުސްކޮށް، ޑަިއރެކްޓް ކުރާ "އިންސާނާ" އަންނަ ސެޕްޓެމްބަރު މަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެހެން ނަމަވެސް ފިލްމް އަަޅުވާނެ ވަކި ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ ސީޒަން މީގެ ކުރިން ޑައިރެެކްޓް ކުރި "ކަރުނަވީ ބޭވަފާ" ގެ ލިއުންތެރިޔާ އާމިރް ސަލީމްގެ ސްކްރީންޕްލޭއަކަށް ތައްޔާރު ކުރާ ފިލްމެކެވެ.

10603415_614283402023184_945228668711443851_n

"އިންސާނާ" ގެ ލީޑް އެކްޓަރަކީ ސީޒަން އެވެ. އަދި ފިލްމުގެ ބަތަލާއިންގެ ގޮތުގައި އައިޝަތު ރިޝްމީ އާއި ފާތުމަތު ފަރީލާ ފެނިގެން ދާނެ އެވެ.

މިއީ ފީޗާ ފިލްމެއްގައި ސީޒަން އާއި ފަރީލާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ރިޝްމީ އާ އެކު ސީޒަން ކުޅޭ ތިން ވަނަ ފީޗާ ފިލްމެވެ.

މި ފިލްމުގައި އަހުމަދު ސައީދު ވެސް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.

10613048_615961745188683_2435216344467986673_n

އެ ދެ ތަރިން ކުރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ލަވް ސްޓޯރީ،" "ހިތް ޔާރާ ދީފާ" އަދި "14 ވިލޭރޭ" ހިމެނެ އެވެ.

"އިންސާނާ" ޝޫޓްކޮށްފައި ވަނީ ބ. އޭދަފުއްޓާއި ކ. ތުލުސްދޫގަ އެވެ.