Last Updated: April 18, 21:04
Thursday, April 18, 2024
ޚަބަރު

ރެޑް ކްރެސެންޓަށް އެއްބާރުލުން ނުދޭން ގޮވާލައިފި

ޝެއިހް އަނީލް: އޭނާ ވިދާޚުވީ ރެޑް ކްރެސެންޓުން ފަލަސްތީން ރައްޔިތުންނަށް ފުރައްސާރަ ކުރާ ކަމަށް.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ފަންޑް ރައިޒިން ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން އެ ޖަމާއަތަށް އެއްބާރުލުން ނުދޭން އައްޑޫގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު އަނީލް ގޮވާލައްވައިފި އެވެ.

ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަނީލް އޭނާގެ ފޭސްބުކް ސްޓެޓަސްގައި ވިދާޅުވީ ރެޑް ކްރެސެންޓުން ކުރާ ކަމަކީ ޢައްޒާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ފުރައްސާރަ ކުރުން ކަމަށެވެ.

"ޢައްޒާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ފުރައްސާރަކޮށް، ބޮޑު ބެރު ޖަހައި ފުރައްސާރަކޮށްފައިވާތީ ދިވެހި ރެޑް ކްރެސެންޓަށް އެއްބާރުލުން ނުދިނުމަށް ގޮވާލަން،" ޝެއިހް އަނީލް ލިއުއްވާފައިވެ އެވެ.

10530730_685880181467739_3801260798823548959_n

ރެޑް ކްރެސެންޓުން ފަންޑް ހޯދަން ކުރިއަށް ގެންދާ ހަރަކާތް މި މަހުގެ 25 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެ ޖަމާއަތަށް އަނީލް ފާޑު ވިދާޅުވި އިރު، ނޫރުލް އިސްލާމާއި ޕާލް ޖަމިއްޔާ ގުޅިގެން އައްޑޫގައި ހިންގި ހަރަކާތްތަކުން މިހާތަނަށް 200،000 ރ. އަށް ވުރެ ގިނަ ފައިސާ ވަނީ ޢައްޒާ ފަންޑަށް ހޯދައި ދީފަ އެވެ.

އެ ފައިސާ މައިގަނޑު ގޮތެއްގައި އެއްކޮށްފައި ވަނީ ރަށްރަށުގެ މަގުތަކުގައި ފަންޑް ފޮށި ބަހައްޓައިގެން އާންމުންނަށް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުންނެވެ.