Last Updated: April 25, 10:40
Thursday, April 25, 2024
ޚަބަރު

އަނެއްކާވެސް ކަރަންޓް ކަނޑަން ފަށައިފި

އައްޑޫ މަރުކަޒީ އިންޖީނުގޭޣެ އިންޖީނެއްގެ ހޮޅިފަޅައިގެން ގޮސް ތެޔޮ ލީކުވެފައި- ކަރަންޓް ކެޑުމުގެ މައްސަލަ އައްޑޫގައި ވަނީ ބޮޑު ވެފައި، ފޮޓޯ: ކޮޒްމިކް ފޮޓޯގްރަފީ

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މަރާމާތު ކުރުމަށް އަނެއްކާވެސް 3 ދުވަހުގެ މުއްދަތަށް ކަރަންޓް ކަނޑަން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނި އެކި ސަރަހައްދު ތަކުން ގަޑި އަކުން ގަޑި އަކުން ކަރަންޓް ކަނޑާލާނެކަމުގެ ނޯޓިސް ގޭގެއަށް ފޮނުވާފެއެވެ. އެ ނޯޓިސްގައި ވަނީ ކަރަންޓް ކަނޑާނެ ވަގުތާއި "S/S ނަންބަރެއް" ޖަހާފައެވެ. ނަމަވެސް އެއީ ކޮން ނަންބަރެއްކަން އެނގޭކަށް ނެތެވެ.
fenakaa

ފެނަކަ ކޯޕަރޭޝަނުން އަނެއްކާވެސް ކަރަންޓް ކަނޑަން މި ފެށީ ކަރަންޓްގެ މައްސަލަ ހައްލުވެއްޖެ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެއް މެގަ ވޮޓްގެ ދެ އިންޖީނު އައްޑޫއަށް ގެނެސް އިންސްޓޯލް ކުރާނެކަމަށް ބުނި ފަހުންނެވެ.

މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް އައްޑޫގެ އެކި ރަށްތަކުން ދޭތެރެ ދޭތެރެއިން ވަނީ ކަރަންޓް ކަނޑާފައެވެ. މި މައްސަލަ ބޮޑުވެގެން ކުއްލި މައްސަލައެއްގެ ގޮތުގައި މައްސަލަ މަޖްލިސްއަށްވެސް ހުށަހެޅިއެވެ. ނަމަވެސް ފެދޫ ދާއިރާގެ މަޖްލިސް މެމްބަރ އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް ވޯޓު ނުދެއްވުމުން މައްސަލަ ވަނީ މަޖްލިސްއަށް ބަލައި ނުގެންފައެވެ.