Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޖަނގިޔާ ތެރެއިން ޑްރަގްސް!

ޖަނގިޔާ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓް. ފޮޓޯ/ ޕޮލިސް

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ޖަނގިޔާ ތެރެއަށް ލައިގެން އުޅެނިކޮށް 17 އަހަރުގެ ކުއްޖަކު ހިތަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހިތަދޫ "ސްޕާކްލް އެންޑް ޝައިން ސެންޓަރު" ކުރިމަތިން މިއަދު މެންދުރު 11:50 އެހާކަށްހާ އިރު އެވެ.

މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓް ފެނިފައި ވަނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި ކުރުމުން އޭނާ ލައިގެންހުރި ޖަނގިޔާ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

މި މަހުގެ 17 ވަނަ ދުވަހު ވެސް މަސްތުވާތަކެއްޗާ އެކު 16 އަހަރުގެ ކުއްޖަކު ހިތަދޫން ހައްޔަރުކޮށްފައިވެ އެވެ.