Last Updated: March 29, 11:09
Friday, March 29, 2024
މީހުން

ހިޔާނާތުގެ މައްސަލައެއްގައި މީދޫ މީހަކު ހޯދަނީ

ޚިޔާނާތުގެ މައްސަލައެއްގެ ތަޙުޤީޤަށް ފުލުހުން މީދޫ މީހަކު ހޯދަން ފަށައިފި އެވެ.

މީދޫ، އާޒާދުވިލާ، ޢަބްދުﷲ ރަމީޒް، 32، އަކީ ފުލުހުންނަށް ހުށަހެޅިފައިފައިވާ، އެހެން މީހެއްގެ ކޭޝް ކާޑް ބޭނުންކޮށްގެން އޭނާއަށް ނޭނގި ފައިސާ ނަގައި އެ ފައިސާ އަށް ޚިޔާނާތްތެރި ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ކަނޑިތީމު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791646 އަށް ގުޅުއްވައި ހިއްސާ ކުރަން ފުލުހުން އެދެ އެވެ.