Last Updated: April 25, 09:23
Thursday, April 25, 2024
ސިޔާސީ

ވޯޓް ފޮށިތައް ހުންނާނީ ފޭދޫ ސްކޫލްގައި

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލާން ބަހައްޓާ ފޮށިތައް ހުންނާނީ ފޭދޫ ސްކޫލްގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ބައި އިލެކްޝަންގައި ފޭދޫގައި ހަތަރު ވޯޓް ފޮށި ހުންނާނެ ކަމަށާއި އެ ހުރިހާ ފޮއްޓެއް ވެސް ހުންނާނީ ފޭދޫ ސްކޫލްގައި ކަމަށެވެ.

ބައި އިލެކްޝަންގައި ވާދަ ކުރަނީ ސަރުކާރު ހިންގާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ ދެ ކެންޑިޑޭޓުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ފޭދޫ ފަރިމާގޭ އީނާ ނަސީރެވެ. އޭނާ އިންތިހާބުގައި ވާދަ ކުރަނީ ޕްރައިމެރީއަކާ ނުލައި ލިބުނު ޓިކެޓާ އެކުގަ އެވެ.

HJJJKH

އެމްޑީޕީގެ ފަރާތުން ވާދަ ކުރަނީ އަލީ ފަހުމީ އަހުމަދު (އަހަންމާގެ ފަހުމީ) އެވެ.

އޭނާ އަށް އެމްޑީޕީގެ ޓިކެޓް ލިބުނީ ހަތަރު ކެންޑިޑޭޓަކާ ޕްރައިމެރީގައި ވާދަކޮށް ކާމިޔާބުކޮށްގެންނެވެ.

KHKHK

އިންތިހާބުގައި ދެ ޕާޓީން ވެސް ވޯޓް ލާން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް އެމްޑީޕީ އާއި ޕީޕީއެމުން ވެސް އަންނަނީ އައްޑޫގެ އިތުރުން މާލޭގައި ވެސް ކުރަމުންނެވެ.

ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) ހާޓް އެޓޭކެއްގައި އަވަހާރަވުމާ ގުޅިގެންނެނެވެ.