Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރިލްވާން "ހޯދަން" ހިތަދޫގައި އަޑުއުފުލަނީ

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން: .

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވީ ނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ޖާނަލިސްޓް އަހްމަދު ރިލްވާން ހޯދައި ވި އެންމެ އަވަހަކަށް އާއިލާއާއި ހަވާލު ކުރުމަށް ގޮވާލައި ހިތަދޫގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން ހަމަޖައްސައިފި އެވެ.

އައްޑޫ ފްރެންޑްސްގެ ފަރާތުން "ފައިންޑިން ރިލްވާން" ގެ ނަމުގައި ކުރިއަށް ގެންދާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ހިތަދޫ ސްކޫލް ކުރިމަތިންނެވެ.

އައްޑޫ ފްރެންޑްސްގެ އިސް އޮފިޝަލަކު ބުނީ މި ހިނގާލުމަކީ އިންސާނީ ހައްގުން ދިވެހި ރައްޔިތުން މަހްރޫމް ނުކުރުމަށާއި، އިންސާފު ހޯދައިދިނުމަށް ސަރުކާރާއި، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ގޮވާލައި އަނޑު އުފުލުމަށް ބާއްވާ ހިނގާލުމެއް ކަމަށެވެ. އަދި މިނިވަން ނޫހުނގެ ނޫސްވެރިއާ އަހްމަދު ރިލްވާން ހޯދައި، އޭނާގެ އާއިލާއާއި ހަވާލުކޮށްދިނުމަށް ގޮވާލާނެކަމަށް އައްޑޫ ފްރެންޑްސްއިން ބުންޏެވެ.

އަދި މި ހިނގާލުމަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށް އައްޑޫ ފްރެންޑްސް ކްލަބުން ބުނެއެވެ.

މާދަމާ ހަވީރު ކުރިއަށް ގެންދާ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް އެ ޖަމިއްޔާއިން އެދެއެވެ.

މިނިވަން ނޫހުގެ ޖާނަލިސް އަހްމަދު ރިލްވާން ގެއްލިފައިވާއިރު އޭނާ ހޯދުމަށް ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ވަނީ އަޑުއުފުލާފައެވެ. އަދި ރިލްވާން ގެއްލިފައިވާތީ އެކަމާއި ގުޅިގެން ރައީސް ޔާމީނަށް ސުވާލު ދެންނެވުމުން ދެއްވި އާދައިގެ ޖަވާބާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިއުންތައް އަމާޒުވެފައެވެ.