Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ފޭދޫ ދަނޑުގެ ލައިޓް ޖެހުން ހުއްޓިއްޖެ

ފޭދޫ ފުޓްބޯޅަ ދަނޑު. ފޮޓޯ: ކިއުންތެރިއެއް

ފޭދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިޓް ޖެހުމުގެ މަސައްކަތް ހުއްޓާލާފައިވަނީ އެމަސައްކަތް ހަވާލު ކުރި ސަދަން މޯލްޑިވްސްއިން ލައިޓް ޖެހުމަށް ބުޑު އެޅުމަށް ކޮނުމުން ދަނިކޮށް އެރަށުގެ ޒުވާނުން ތަކެއް މަސައްކަތް ކުރަމުންދާ ގޮތާއި މެދު ހިތް ހަމަނުޖެހި މަސައްކަތް ކުރަމުން ދިޔަމީހުންނަށް ބިރު ދެއްކުމުންނެވެ.

ސަދަން މޯލްޑިވްސްގެ އިސް އޮފިޝަލަކު ބުނީ މަސައްކަތް ކުރަމުން ދިޔައީ ކައުންސިލުން ދިން ކުރެހުމާއި އެއްގޮތަށްކަމަށެވެ. ނަމަވެސް އެރަށުގެ ޒުވާނުން ތަކެއް މަސައްކަތް ކުރާ ސައިޓަށް ވަދެ ގޮތް ކިޔައި، އެކަން ނުކުރެވޭނެ ގޮތަށް ހުރަސް އެޅުމުން ވަގުތީ ގޮތުން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މަސައްކަތް ހުއްޓާލާފައިވަނީ ފައިސާގެ މައްސަލަ އަކާއި ހެދި ނޫން ކަމަަށެވެ.

ފޭދޫ ފުޓް ބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު އެސްޓިއޯއިން ފޭދޫގައި ގާއިމް ކުރި ފުޓްސަލް ދަނޑުގައި ފެންބޮޑުުވެ، ފެން ނުހިންދޭތީ، ގޮދަޑި އަޅައިގެން އެތަނުގެ ފެން ހިއްކާފައިވެއެވެ.