Last Updated: March 28, 21:27
Thursday, March 28, 2024
ރިޕޯޓް

ދާޢިޝް އާއި ހަމާސް: މުސްލިމުންގެ ދިފާއުގައި

އަަފުޣާނިސްތާނާއި އިރާގުގައި ކުރެވުނު ހަނގުރާމައަކީ ކުރީގެ ސޯވިޓް ޔުނިއަން އުވިދިޔުމާ ގުޅިގެން ދުނިޔެ އަޅުވެތި ކުރުމަށް އެމެރިކާއާއި ހުޅަގުގެ ގައުމުތަކުން ހިންގިޖަރީމާއެކެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމީ އުއްމަތެވެ.

އެހެންކަމުން އިސްލާމީ އުއްމަތް ބަލިކަށިކުރުމަށްޓަކައި ދީނީބައިބައިވުންތައް އިސްލާމީގައުމުތަކުގައި އުފައްދަން ފެށިއެވެ. އެއަށް ފަހު އަފުޣާނިސްތާނަށާއި އިރާގަށް އަރައިއެތަންތަން އެމީހުންގެ ބާރުގެދަށަށްގެންނަން މަސައްކަތް ފެށިއެވެ. ބޮޑު ހޭދަކޮށްގެން ވެސް މިކަމުގައި ކާމިޔާބުނުވުމުން ދެން މަސައްކަތް ކުރީ އެގައުމުތަކުގައިތބިި އެމީހުންނާއި އިދިކޮޅުމީހުންނަކީ ޓެރަރިސްޓުންކަމާއި އެމީހުންނަކީ މުޅިދުނިޔެއަށްހުރި ބޮޑު ނުރައްކަލެއްކަން ދެއްކުމަށެވެ.

އިރާގުގައި އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވި ސުއްނީމުސްލިމުންގެ މައްޗަށްއެކުލެވޭ ޖަމާއަތަކަށް މިކިޔަނީ ދާޢިޝް (ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގު އެންޑް ދަ ލެވެންޓް ) އައިއެސްއައިއެލް ނުވަތަ އައިސިސް އެވެ. އެއީ ގާތްގަޑަކަށް ފަންސަވީސްހާސް މުޖާހިދުންގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. އިރާގު އަދި ސޫރިޔާގައި ދާޢިޝް ގެ ހަގުރާމަވެރިން ހޯދަމުންދާ ހައިރާންކުރުވަނިވި ކާމިޔާބީން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން ރޭގަޑުގެ ނިދިން މަހުރޫމުކޮށްލުމަށްފަހު އެމީހުންގެ ދެފައިތުރުތުރު އަ ޅަންފެށިއެވެ.

ދާޢިޝްގެ ހަނގުރާމަވެރިން މާބޮޑުއުދަނގުލަކާއިނުލައި ސޫރިޔާގެ ބަޔެއް ރަށްތަކާއި އިރާގުގެ އުތުރުގެ ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްގެނައެވެ. މިކާމިޔާބީތައް އެމީހުންނަށް ލިބުނީ އެމެރިކާގެ ތަރުބިއްޔަތުލިބިގެންތިބި އިރާގުގެ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން މައިދާންދޫކޮށް ފިލަންދިޔުމާއި ގުޅިގެންނެވެ. ނަތީޖާއެއްގެގޮތުން "އަލްބެއިދާ" ގެ ތެލުގެ ރިފައިނަރީ އާއި އުތުރު އިރާގުގެ ތެޔޮވަޅުތައް އައިސިސްގެ ހަނގުރާމަވެެރިންނަށް، އަނބުގަހަކުން އުގަށް ވެއްޓުނުދޮންއަނބުތަކެއްގެ ސިފައިގައި ލިބުނެވެ.

އަދި ވަރަށް ހުށިޔާރުކަމާއެކު މިތަންތަން އެތަނުގެ ރައްޔިތުންނާއި އައިސިސްއިން ހަވާލު ކުރިއެވެ. ނަތީޖާއަކީ އިރާގުގެ ގާބީލާތަކުގެ ވެރިންގެ ފުރިހަމަ ތާއީދު ދާޢިޝްއަށް ލިބެންފެށުމެވެ. މީގެ ސަބަބުން ދުުނިޔޭގެ މުއްސަދިކަމުގެ މައްޗަށް އަތްގަދަކުރަމުން ގެންދާ އެމެރިކާ އަށް ކުއްލިސިހުމެއް ލިބުނެވެ. އަދިނުރައްކާތެރިކަން ކުރިމަތިވެއްޖެކަން ގަބޫލުކުރެވުނެވެ. ދެންއެމެރިކާ އަވަސްވެގަތީ ދަތިއުދަގޫ ހާލަތުގައިވެސް މިހަނގުރާމައިގެ ތެރެއަށް ވަންނާށެވެ. ދެވަނަޗޮއިސްއެއް ނެތަތީއެވެ. އިރާގުގެ އާއްމުރައްޔިތުންގެ ހަމްދަރުދީއާއި އެހީތެރިކަން ވެގެންދިޔައީ ދާޢިޝްއަށް ކާމިޔާބު ލިއްބައިދިނުމުގެ ވަރަށްބޮޑު ބާރަކަށެވެ.

އިރާގުގެ ރައްޔިތުންގެ ސަޕޯޓް ދާޢިޝްއަށް ލިބެން މެދުވެރިވިއަނެތް ސަބަބަކީ އިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ އެގައުމުގެ އާބާދީގެ ސާޅީސް އިންސައްތަ ކަމުގައިވާ ސުއްނީންނާ މެދު ގެންގުޅުނު ތަފާތުކުރުންތަކެވެ. މިކަމުގެ ސަބަބުން ސުއްނީންގެ ހިތްތަކުގައި އަމިއްލަމިނިވަންކަން ހޯދުމުގެެ އިޙުސާސްތައް އުފެދި އުތުރިއަރަންފެށިއެވެ.

އެމެރިކާމީހުން އިރާގުން ބަލިވެ ފައިބައިގެން ދިޔައިރު އެމީހުންދިޔައީ އެމީހުންގެ އަމިއްލަ މަސްލަހަތަށްޓަކައި މިކަމަށް މަގުފަހިކޮށްދީފައެވެ. އެމެރިކާމީހުން އިރާގުގައި އަތްގަދަކޮށްގެންތިބި އިރު އެމީހުންގެ އެހީތެރިކަމާއެކު ފާސްކުރި ގާނޫނު އަސާސީއަކީ ފެޑެރަލް ގާނޫނު އަސާސީއެކެވެ. އޭގައިބުނެފައިވާގޮތުން ކުރުދިސްތާނާއި ސުއްނީންގެ މެޖޯރިޓީއޮތް ޕޮރްވިންސްތައްކަމަށްވާ "އަންބާރު"، "ސަލާހުއްދީން"، އަދި "ނީނުވާ" ޕޮރްވިންސް ތަކަށް ދާޚިލީ މިނިވަންކަން ލިބެންޖެހެއެވެ.

މިއީ ކުރީގެ އެމެރިކާގެ ނައިބުރައީސު ޖޯބައިޑެންގެ "ލުއިގޮތަކަށް އިރާގުބައިބައިކޮއްލުން" ޕްލޭންގެދަށުން ހިގަމުން އައި ކަންތައްތަކެވެ. ކުރުދިސްތާނަކީ ތެލުގެ ޚަޒާނާތަކުން ފުރިގެންވާ ސަރަހައްދެކެވެ. ކުރުދީންނަކީ ސުއްނީ މުސްލިމުންނެވެ. އެމެރިކާމީހުންގެ ބާރުވެރިކަމާ އެކު އުފެއްދި ގާނޫނު އަސާސީން، ކުރުދީންނަށް އެމީހުންގެ ބިމުން ތެޔޮނަގައި ސާފުކޮށް އަދި ބޭރުކުންފުނިތަކާއެކު އެގްރިމެންޓްތައް ހަދައި ތެޔޮ އެކްސްޕޯޓް ކުރުމުގެ އިޚުތިޔާރު ލިބިގެންދެއެވެ. ކުރީއްސުރެ ކުރުދީންގެ އެދުމަކަށްވެފައި އޮތީ އިރާގުގެ ބާރުވެރިކަމުން ވަކިވެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމެވެ. އެހެންކަމުން ކުރުދީން ފުރުސަތުގެ ބޭނުން ވަރަށް ރަގަޅަށް ހިފިއެވެ.

ތެޔޮއުފެއްދުމަށްޓަކައި ބޭރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައްހެދިއެވެ. ތެޔޮވިއްކުމަށްފަހުލިބޭ ފައިސާ ކުރުދު ޕޮރްވިންސްގެ ޚަޒާނާގައި ރައްކާކުރަން ފެށިއެވެ. މިމައްސަލައިގައި ނޫރީއަލްމާލިކީ ސަރުކާރުން ކިތަންމެ ވަރަކަށްވެސް ދެކޮޅުހެދިއެވެ. ނަމަވެސް ކުރުދީންނަކަށް އެއީމާކަ ބާރުހުރި ވާހަކައަކަށް ނުވިއެވެ. އަދިއެވަރަކުން ނިންމާލިއެއް ނޫނެވެ. ކުރުދިސްތާނަކީ މިނިވަންދައުލަތެއްކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގާނެކަމުގެ އިއުލާންވެސް ކުރީއެވެ. މިކަމުގެސަބަބުން އިރާގުގެ ފެޑަރަލް ސަރުކާރާއި ކުރުދީންނާއި ދެމެދު ތަފާތު މައްސަލަތަކާއި ދެބަސްވުންތައް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ނިމިދިޔަ ޖުލައިމަހު އިރާގުގެ އުތުރުގައި ދާޢިޝްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާން ފެށުމުން ނޫރީއަލްމާލިކީ ސަރުކާރުން ގަބޫލުކުރީ މިކަމަކީ ކުރިދީންގެ ރޭވުމެއްގެ ދަށުން ހިގަމުން އަންނަކަމެއް ކަމުގައެވެ. ނަމަވެސް ކުރުދީންނާއި ދާޢިޝް މިދެބައިމީހުންނަކީ ދެހަތުރުންކަން، ބިންތައް ކޮންޓްރޯލްކުރުމުގައި ހިގައިދިޔަ ހާދިޘާތަކުން ޘާބިތުވެގެން ދިޔައެވެ. މިދެބައިމީހުންގެ ދެމެދުގައި އޮތް ދެކޮޅުވެރިކަމުގެ ފައިދާނެގީ އެމެރިކާއާއި ނޭޓޯ އިންނެވެ.

ކުރުދީންނާއި ދާޢިޝް ހަނގުރާމަވެރިންގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުން ގާއިމުކުރެވުނުނަމަ އިރާގުގެ އުތުރު ސަރަހައްދު ބަޣުދާދު ސަރުކާރުގެ އަތްދަށުން ދިޔައީހެވެ. ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. ސަބަބަކީ ދާޢިޝް އަށް ލިބުނުކާމިޔާބީ ތަކާއެކު ދާޢިޝްގެ ލީޑަރ ޚަލީފާ އަބޫބަކުރު އަލްބަޣުދާދީ އޭނާއަކީ އިސްލާމީ ދައުލަތުގެ ޚަލީފާކަމުގެ އިއުލާންކުރުމެވެ. ހަމައެއާއެކު ދުނިޔޭގެކަންކޮޅުތަކުގައި ތިބި އެންމެހައި މުސްލިމުންގެ ޚަލީފާއަކީ އޭނަކަން ގަބޫލުކުރުމަށް ގޮވާލިއެވެ. އަދި ދާޢިޝްގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކުގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރަންފެއްޓިއެވެ.

ކީރިތި ރަސޫލު ސައްލަﷲއަލައިހި ވަސައްލަމް އަމަލުކުރެއްވި ގޮތްތައްބަލައި އެބީދައިންނެވެ. މިކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ތާއީދާއި މަދަދު ޚަލީފާ އަބޫބަކުރު އަލްބަޣުދާދީ އަށް ނުވަތަ އައިއެސްއައިއެސް އަށް ދިޔައީ ދުވަހުންދުވަހަށް އިތުރުވަމުންނެވެ. މިކަމަކީ ޚަލީޖުގެ ގައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުންނާއި ޝެއިޚުން ރުހޭނެކަމެއްނޫންކަމީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އަދި އެވެރިންގަބޫލުކުރީ އެއީ އެމީހުންގެ ވެރިކަމަށް ކުރިމަތިވި ބޮޑު ނުރައްކަލެއްކަމަށެވެ. މީގެ އިތުރުން އެހެނިހެން އިސްލާމީ ގައުމުތަކުގެ ވެރިން، ޖުމުހޫރިވިއަސް އަދި ޖުމުހޫރީނުވިއަސް، އެވެރިންގެ ހިތްތަކަށްވެސް ނުތަނަވަސްކަން ގެނެސްދިނެވެ.

އައިސިސް އާއިބެހޭގޮތުން ތަފާތު ޕްރޮޕެގެންޑާ ފަތުރަން ފެށިއެވެ. މުސްލިމުންގެ އެންމެ ބޮޑު އަދުއްވަކީ އައިސިސްކަމަށް ސައުދީން ފަތުވާ ނެރުނެވެ. އަދި މިޖަމާއަތް އުފައްދާފައިވަނީ އެމެރިކާއާއި، އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކާއި، އިޒްރޭލުގެ މޮސާދްއާއި ގުޅިގެންކަމަށް ބަޔެއް މީޑިއާތަކުން އަޑުފަތުރަން ފެށިއެވެ.

އިރާގުގައި ދިރިއުޅޭ ކްރިސްޓިއަނުންނާއި މަޖޫސީންނަކީ ނިސްބަތުން މަދުބަޔެކެވެ. މިމީހުން އައިސިސްދެކެ ގަންނާކުރެއްވި ބިރުން އެމީހުންނާއި ދެކޮޅަށް ނުކުތެވެ. ނަތީޖާއަކަށްވީ އެހެންވެސް އިންގިލާބީ ލަޝްކަރުތަކާއި ކުރިމަތިލުމުން ކަންތައްހިގާ އުސޫލުން ކަނތައް ނިމިގެންދިޔުމެވެ. ވަގުތުން ހުޅަގުގެ މީޑިއާތަކުން ޕްރެޕެގެންޑާ ފެށިއެވެ. މަޖޫސީންގެ ވިހިހާސް މީހުން އެއްވެސް ކުށެއްނެތި ފަރުބަދަތަކުގެ ތެރޭގައި ހިސޯރުކޮށްގެން ބޯފެނާއި ކާނާއިން މަހުރޫމުކޮށްގެން އެމީހުންގެ ނަސްލު ނައްތާލަނީއެވެ. މަރާހުސްހުސްކުރަނީއެވެ.

ހަގީގަތަކީ ދާޢިޝްގެ ލަޝްކަރާއި ދެކޮޅަށް ހަތިޔާރު ނުއުފުލާހާ ހިނދަކު އެމީހުންނަށް އެއްވެސް ގެއްލުމެއްނެތްކަމެވެ. އައްޒާގައި ތިބިމުސްލިމުން މަރައި އެމީހުންގެ ގެދޮރު ބިމާއިހަމަކުރިއިރު ދެލޯމަރައި ގެން ހުރި ކްރިސްޓިއަނުންގެ އިސްފާދިރީވެސް އިރާގުގައިތިބި މަސީޙީންގެ ދިފާއުގައި އަގަހުޅުވަންފެށީއެވެ.

ހަމައެއާއެކު ދުނިޔޭގެ ބޮޑުބާރުކަމަށް ދައުވާކުރާ ގައުމުގެ ރައީސުގެ މުނާފިގުކަންވެސް ފެނިގެންދިޔައެވެ. އޭނަވިދާޅުވަނީ : " މައުސޫމުއިންސާނުންތަކެއް މަރުވަމުންދާއިރު އެކަމާއިމެދު އެމެރިކާ އަޅާނުލައި ދޫކޮށް ނުލާނެއެވެ. އެގޮތުން އެމެރިކާ މިހާރު އައިސިސްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް، ހަނގުރާމަކުރާ ކުރުދީންނަށް ދެމުންއައި ހަތިޔާރާއި އެހީ އިތުރުކުރަން ފަށައިފީމެވެ." އަދިވައިގެ މަގުން ދާޢިޝްގެ ހަނގުރާމަވެރިންނަށް ހަމަލަދޭންވެސް ފެށީއެވެ.

އެކަމަކު ޣައްޒާގައި ތިބި ކުށެއްނެތް އިންސާނުންގެބޮލަށް އިޒުރޭލުގެޔަހޫދީން ކޮންމެދުވަހަކު ބޮންއަޅައި ދެހާހަށްވުރެ ގިނަކުޑަކުދިންނާއި އަންހެނުން ޝަހީދު ކޮށް އެރަށް އެއްކޮށް ބިމާ ހަމަކުރިހިނދު އެމަންޒަރެއް ރައީސު ބާރާކް ޙުސެއިން އޮބާމާ އަކަށް ފެނިވަޑައި ނުގަތެވެ. އެމެރިކާގެ ރައީސު ބާރާކް ޙުސެއިން އޮބާމާ އިންސާނީ ހަމްދަރުދީއަށްޓަކައި ދާޢިޝް އާދެކޮޅަށް އެޅިފަދަ ފިޔަވަޅެއް އިޒުރޭލާއި ދެކޮޅަށް އެޅިނަމަ އޭނައަކީ އިންސާނިއްޔަތު ކަމެއްހުރި މީހެއްކަމުގައި ގަބޫލުކުރެވުނީހެވެ.
ގަބޫލުކުރެވެނީ އެމެރިކާމީހުން އިރާގުގެ ދާޚިލީ ހަނގުރާމައިގެ މަޅީގައި ޖެހެނީކަމަށެވެ. މީގެ ކުރިން ވިއެޓްނާމްގައި ކުރިހިތި ތަޖުރިބާ އިޢާދަ ވުމަކީ ކައިރިކަމެކެވެ. ޓެރެރިޒަމާއި ޖިހާދު އޮޅުވާނުލައްވާށެވެ. ޣައްޒާއާއި ދާޢިޝްގެ މުޖާހިދުން ހަނގުރާމަކުރަނީ އަހަރެމެން އެންމެހައި މުސްލިމުންގެ ދިފާއުގައެވެ.