Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އާއިލީ ޑޮކްޓަރަށް ރަޖިސްޓްރީ ކުރުން އިތުރުކޮށްފި

"ކޮންމެ އާއިލާއަަކަށް ޑޮކްޓަރެެއް" ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އައްޑޫގައި އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 24 ގައި ރަޖިސްޓްެރޭޝަން ހުޅުވާލި މި ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވީ މިއަދެވެ.

އެހެން ނަމަވެސް 30،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އައްޑޫން އެކަށީގެންވާ ވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ، މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 11 އަށް އިތުރުކޮށްފަ އެވެ.

މިއަދަށް މުއްދަތު ހަމަވި އިރު ފޭދޫން 2000، އަށް ވުރެ ގި މީހުން، ހިތަދޫން 4،000، މަރަދޫން 1،200 މީހުން، މަރަދޫފޭދޫން 959 މީހުން އަދި ހުޅުމީދޫން 1،530 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް" ޕްރޮގްރާމުގައި ރަޖިސްޓްރީވެގެން ނޫނީ ކުރިއަށް އޮތް ތަނުގައި އާސަންދައިގެ ދަށުން ހިދުމަތެއް ނުލިބޭނެ އެވެ.