Last Updated: April 24, 10:06
Wednesday, April 24, 2024
ވިޔަފާރި

ގަން އެއާޕޯޓްގެ ދެވަނަ ފިޔަވަހި ހޯގާޑަށް!

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދގުކޮށް އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ޑެންމާކްގެ ހޯގާޑް ކުންފުންޏާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.

އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިސާމާ ސައީދު، ވިދާޅުވީ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހޯގާޑާޢި އެކު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސް ވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޯގާޑުން ވެސް ވަނި މިކަން ކަށަވަރުކޮށް ދީފަ އެވެ.

އެއާޕޯޓް ތަރައްޤީގެ ފުރަތަމަ މަޝްރޫއުގެ ދަށުން ރަންވޭ ދިގުކުރުމަށް ބިން ހިއްކައި، ސީޕްނޭން ޖައްސަން ވޯޓާ ރަންވޭއެއް ވަނީ ތައްޔާރުކޮށްފަ އެވެ.

ias airbus
ގަމުގެ އެއާޕޯޓް ތަރައްޤީގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާއިރު މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ޓާމިނަލް ބޮޑު ކުރުމާއި، ހެނގަރު ތައްޔާރު ކުރުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މެޝިނަރީޒް ގާއިމް ކުރުމުގެ މަސައްކަތެވެ.