Last Updated: April 20, 08:46
Saturday, April 20, 2024
ވިޔަފާރި

"ސީ ހައުސް އައްޑޫ" ހުޅުވައިފި

ސީހައުސް އައްޑޫގެ މުވައްޒަފުން؛ ފޮޓޯ: ފަސީ

ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ "ސީ ހައުސް" ގްރޫޕް އިން ރޭ ފޭދޫގައި ސީހައުސް ކެފޭއެއް ހުޅުވައިފި އެވެ.

ސީހައުސް ގްރޫޕްގެ ސީއީއޯ ފަސީ އިސްމާއިލް ބުނީ ސީ ހައުސް އައްޑޫން މާލޭން ލިބެން ހުރި ހުރިހާ ރަހަތަކެއްގެ ކެއުން ބުއިން ލިބެން ހުންނާނެ ކަމަށެވެ. އަދި ކަސްޓަމަރުން އެދޭ ފެންވަރުގެ ހިދްމަތް ފޯރުކޮށް ދޭނެ ކަމަށެވެ.

ރޭ ސީ ހައުސް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ އިރު އެކެފޭ އާއި މެދު ޒުވާނުންގެ ދަނީ ހިތް ހަމަ ޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސީހައުސް އިން އައްޑޫގައި ކެފޭއެއް ހުޅުވީތީ އެތަނުގެ އިސްވެރިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަސީ ބުނީ ސީހައުސް އައްޑޫން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށާއި، އެތަނުން އަބަދުވެސް ހުނަރުވެރި ޒުވާނުންނަށް މަރްހަބާ ކިޔާ ކަމަށެވެ.