Last Updated: April 19, 10:45
Friday, April 19, 2024
ވިޔަފާރި

އުރީދޫގެ 10 ވަނަ އަހަރީ ދުވަހާއި އެކު ކަސްޓަމަރުންނަށް ބޮޑު "ސަޕްރައިޒެއް"!

އުރީދޫގެ ހިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް އެކުންފުނީގެ ކަސްޓަމަރުންނަށް މަސް ދުވަހަށް ދެމިގެންދާ "އޮފާ"ތަކާއި އެކު އެއް މިލިއަން ރުފިޔާގެ ހަދިޔާ ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އާހިދްމަތްތައް ތައާރަފްކޮށް، ހިދްމަތުގެ ފެންވަރު ރަނގަޅު ކޮށް ކުރި މަގުގައި ހެޔޮ އަގުގައި ހިދްމަތް ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

އަދި މި އޮގަސްޓް މަހުގެ ތެރޭގައި ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ދާނެ ކަމަށް ވިކްރަމް ސިންހަ ވިދާޅުވިއެވެ.ންދާނެ ކަމަށް ވިކްރަމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އުރީދޫގެ ސީނިއާ އެކްޒެކްޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކޮންމެ ކަސްޓަމަރަކަށް ވެސް 50 މިނެޓް ހިލޭ ލިބޭނެ ކަމަށެވެ. އަދި މިއަދު 50 ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް ރީޗާޖް ކުރުމުން 10 ޕަސެންޓް ބޯނަސް ކުރެޑިޓް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގުޑް މޯނިންގް މޯލްޑިވްސް" ޕްރޮމޯޝަން އިން މިއަދުން ފެށިގެން މި މަހުގެ 10ގެ ނިޔަލަށް ހެނދުނު 8:00 އިން 10:00 އަށް 50 އެމްބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

އޭގެ އިތުރުން 2005 އިން ފެށިގެން އުރީދޫ ބޭނުންކުރާ އެ ކުންފުނީގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑުރޯއަކުން 10 ނަސީބުވެރިއަކަށް އެޕަލް ކުންފުނީގެ ޕުރޮޑަކްޓްތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެކުންފުނީގެ ވަފާތެރި ކަސްޓަމަރުންނަށް ބޮޑެތި "ސަޕްރައިޒް"ތައް ހުރިކަމަށް ނޫރާ ވިދާޅުވިއެވެ.