Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފޭދޫ ދަނޑު ލެވެލް ކުރަނީ

ފޭދޫ ރަސްމީ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން ފަށައިފިއެވެ.

ފޭދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު އެފްއޭއެމްއިން ބާއްވާ ޒޯން ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭނެ އެއް ދަނޑަކީ ފޭދޫ ފުޓްބޯޅަ ދަނޑެވެ. މި މުބާރާތަށް ފޭދޫން ވަނީ ޓީމެއް އެކުަލަވާލައި ޕްރެކްޓިސް ފަށާފައެވެ.

އެމްއާރްޑީސީގެ އިސްއޮފިޝަލަކު ވިދާޅުވީ ފޭދޫ ފުޓްބޯޅަ ދަނޑު ބަރު ދުއްވައިގެން ލެވެލް ކުރުމުން ދަނޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ.

ފޭދޫ ދަނޑު ލެވެލް ކުރުމުގެ މަސައްކތް ކުރިއަށްދާއިރު ދަނޑުގައި ލައިޓުޖެހުން އަދިވެސް ވަނީ ހުއްޓިފައެވެ. އެކަމާއި ރަށުގެ ޒުވާނުން ޝަކުވާ ކުރަމުން އަންނަ އިރު އެކަމަށް ވަނީ ހައްލެއް ލިބޭގޮތް ނުވެފައެވެ.