Last Updated: April 24, 16:21
Wednesday, April 24, 2024
ޚަބަރު

އިބްރާހިމް ދީދީ ހައުސިން މިނިސްޓަރާއި ސުވާލު ކުރަނީ

އައްޑޫ ސިޓީގެ ބައެއް މަގުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއަށް މަޖިލިސް މެދުވެރިކޮށް އެދިވަޑައިގެންފިއެވެ.

ގާނޫނު ނަންބަރު 2/2005 ގައިވާ ގޮތަށް ޑރ. މުހައްމަދު މުއިއްޒުއަށް އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވާ ސުވާލަކީ ތާރުއަޅައިގެން އައްޑޫ ސިޓީގެ ބައެއް މަގުތައް ހެދުމަށް ބަޖެޓް ކުރެވިފައިވާ ފައިސާއިން އެކަމުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައި ނުވާތީ އެމަސައްކަތް ކުރިއަށް ގެންދަވަން ހިޔާލުފުޅު ކުރައްވާ ގޮތް އޮޅުން ފިލުވުމަށެވެ.

އިބްރާހިމް ދީދީ ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ފަރުވާއަށް އުޅުއްވާފައިވަނީ ރާއްޖޭން ބޭރުގައިއެވެ.
11846711_10153496207175775_3638354192845836648_n

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވިރާނާ ވަމުންދާ މައްސަލާގައި ސުވާލު ކުރެއްވުމަށ މަޖިލިސްއަށް ހާޒިރު ކުރެއްވުމުން ޕީޕީއެމް މެމްބަރުންގެ ހަޅޭކުގެ އަޑާއި އެކު ވަނީ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައެވެ.