Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ޕްރެޒިޑެންޓް ކަޕް އައްޑޫގައި!

އައްޑޫ ސްޓޭޑިއަމް. ފޮޓޯ: އައްޑޫލައިވް/ހަސަން ކަލޯ

ރައީސުލް ޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް އަންނަ މަހު އައްޑޫ އަދި ކުޅުދުއްފުށީގައި ބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.

މިއަހަރު ފަހުކޮޅު ބާއްވަން ކުރިން ތާވަލްކޮށްފައިވާ މި މިބާރާތް މިހާރު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 15-30 އަށެެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކާޕެޓް އެޅުމުގެ ސަބަބުން ދަނޑުގެ ވިނަގަޑު ހަލާކުވެފައިވާތީ ދަނޑުގެ ބޭނުން ވަނީ ކުރެވޭގޮތް ނުވެފައެވެ.
11889599_1483726668604000_4645435632074911373_n

އައްޑޫގައި ޕްރެޒިޑެންޓް ބާއްވާ މީ ދެވަނަ ފަހަރެވެ. އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ 1950 ވަނަ އަހަރުން ފެށިގެން ބާއްވަުން އަންނަ މި މުބާރާތް އެންމެ ފަހުން އައްޑޫގައި ބާއްވާފައިވަނީ 1970 ވަނަ އަހަރު ކަމަށެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ 8 ޓީމް ވާދަކުރާ މި މުބާރާތުގެ އެއް ގްރޫޕްގެ މެޗް ކުޅޭނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގައެވެ.. އަދި އަނެއް ގްރޫޕްގެ މެޗްތައް ކުޅޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

އައްޑޫ ސްޓޭޑިއަމްވަނީ 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ވަރަށް ބޮޑު ހޭދައެއް ކޮށް މަރާމާތުކޮށްފައެވެ.

އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމަށް އައްޑޫއަށް ޒިޔާރަތް ކުރި އޭއެފްސީގެ ޓެކްނިކަލް ޓީމުން ބުނެފައިވާ ގޮތުން އައްޑޫ ސްޓޭޑިއަމްގެ ވިނަގަޑު ގަލޮޅު ދަނޑުގެ ވިނަގަޑަށް ވުރެ މާރަނގަޅެވެ.