Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

ހުޅުމީދޫގައި ޓިނު ފެކްޓަރީއެއް ހުޅުވައިފި

ހުޅުމީދޫގައި ހުޅުވުނު ޓިނު ފެކްޓަރީ

ހުޅުމީދޫގައި ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން ޓިނު ހަދާ ފެކްޓްރީއެއް ހުޅުވައިފިއެވެ.

ނޫރައްދީން އިންވެސްޓްމަންޓްގެ ވެރިޔާ އަލީ ނޫރައްދީން ވިދާޅުވީ އިއްޔެ ހަވީރު ހުޅުވި އެ ޓިނު ފެކްޓަރީއިން ފަސޭހަ ކަމާ އަގުހެޔޮ ކަމާއެކު ޓީނު ލިބޭނެ ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ ގާތް ގަޑަކަށް 1.5 މިލިޔަން ހަރަދުކޮށްގެން ކަަމަށެވެ.

އަލީ ވިދާޅުވީ މި ޓިނު ފެކްޓަރީއިން ޓިނު ދިވެހިރާއްޖެގެ ކޮންމެ ކަންކޮޅަކަށްވެސް ބޭނުންވާ މިންވަރަކަށް ޓިނު ގަންނަން ލިބޭނެ ކަމަށެވެ. ނަމަވެސް ޓިނު ގަންނަން ބޭނުންވާނަމަ ދެ ދުވަސް ކުރިން އޯޑަރު ދޭން ޖެހޭނެ ކަމަށެވެ.

"މި ފެކްޓަރީ އަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ޓިނު ފައްސޭހަކަމާއި އެކު ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވާލެވުނު ފެކްޓަރީއެއް"

މީގެ އިތުރުން އަލީ ވިދާޅުވީ މިވަގުތު އަދި އަގުތައް ހަމަޖެހިފައި ނުވި ކަމުގައި ވިޔަސް، އެސް.ޓީ.އޯގެ ޓިނުގެ އަގަށް ވުރެން އަގު ހެޔޮ ވާނެ ކަމުގެ ޔަގީން ކަން އަރުވާކަމަށެވެ.

ނޫރައްދީން އިންވެސްޓްމަންޓްމަންްޓް ޓިނު ފެކްޓަރީއެއް ހުޅުވި އިރު، އެފަރާތުން އަންނަނީ ކޮންސްޓްރަކްޝަނަށް ބޭނުންވާ ހުރިހާ ސާާމާނު ވިއްކަމުންނެވެ.