Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޓެކްސް ފައިސާ ދެއްކުމަށް ހިތަދޫ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ދައުލަތަށް ޖީއެސްޓީ ދައްކާފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ އާއި ސުންގަޑި އަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހިތަދޫ މީހެއްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އައްޑޫ ސިޓީ، ހިތަދޫ ސަރިންދާގޭ މުހައްމަދު ހާދީ އާއި އދ. މަހުބަދޫ ހީނާގަސްދޮށުގޭ އަލީ ޝުވާއުގެ ހިއްސާ އޮންނަ ވިޔަފާރިއަކަށެވެ.

ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން ދިޔަ ޓޫރިސްޓް އުޅަނދެއް ކަމުގައިވާ “ދަ މޯލްޑިވްސް މޮޒައިކް ސަފާރީ” އިން ދައްކަންޖެހޭ ބެޑް ޓެކްސް އާއި، ބެޑް ޓެކްސް ދައްކަން ޖެހޭ ސުންގަޑި އަށް ޓެކްސް ދައްކައިފައި ނުވާތީ އަރައިފައިވާ ޖޫރިމަނާ އަދި ބެޑް ޓެކްސް ޝީޓް ސުންގަޑިއަށް ހުށަހަޅައިފައި ނުވާތީ އަރައިފައިވާ ޖޫރިމަނާ، އޮގަސްޓް 16، 2015 ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ދެ މީހުންގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައިވެ އެވެ.

ސިވިލް ކޯޓުން މި ގޮތަށް ހުކުމްކޮށްފައިވަނީ ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މީރާ އިން ހުށަހެޅި މައްސަލައިގައި މާޗް 31، 2013 ގައި އެ ކޯޓުން ކުރި ޙުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދެއްކުމުން މީރާއިން ހުށަހެޅި ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން، ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަރަނި އަމިއްލަ ފަރުދީ ހައިސިއްޔަތުން ދައްކާ ޚަލާޞް ކުރާނޭ ކަމަށް އެކުންފުނީގެ ދެ ހިއްސާދާރުން ބުނެފައިވާތީ، އެ ދެ ފަރާތުން ވެސް އެދަރަންޏަށް ފަރުދީ ގޮތުން ޒިންމާ ވާން ޖެހޭނެ އެވެ.

އެގޮތުން ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 16,480 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 142,000 ރުފިޔާގެ ދެބައިކުޅަ އެއްބައި ކޮންމެ ހިއްސާދާރަކު ވެސް ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް އެ ހުކުމްގައި ވެއެވެ.