Last Updated: March 28, 19:01
Thursday, March 28, 2024

ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ބޮޑު އަގުގައި ބޭސް ވިއްކާ ޤައުމު: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. ފޮޓޯ: ހަވީރު

ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަގުގައި ޑޮކްޓަރީ ބޭސް ވިއްކާ ޤައުމު ކަމުގައި މަރަދޫ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިގޮތަށް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތް ދިނުމުގެ ބިލް ކޮމިޓީ އިން ދިރާސާ ކުރެއްވުމަށް ފަހު ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ލިބިލެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

" ބޭހުގެ އަގަށް ބަލާއިރު ރާއްޖެއަކީ މުޅި މިހިސާބުގައި ވެސް އެންމެ އަގު ބޮޑު ބޭސް ވިއްކާ ތަން. އަޅުގަނޑު އުއްމީދުކުރަނީ މި ގާނޫނުތައް ފާސްވެގެންދާއިރު ބޭހުގެ އަގު ކޮންޓްރޯލްކުރެވޭނެ ގޮތެއް ވުން." ޝަރީފް ވިދާޅުވިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭހުގެ އަގު އެބަ ޖެހޭ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވެން ޖެހޭ ކަމަށާއި އެގޮތަށް ކޮންޓްރޯލް ނުކުރެވޭނަމަ އާސަންދައިގެ ދަށުން ބޭސްކުރެވޭ ނިޒާމެއް ޤާޢިމް ވެފައި އޮންނައިރު ދިވެހި ދައުލަތުގެ ބަޖެޓަށް ވެސް ބާ ރު ބޮޑުވެގެން ދާނެ ކަމަށެވެ.

" އިންޑިޔާއަކީ ފްރީ މާކެޓު އިކޮނޮމީއެއް. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ.އަޅުގަނޑުމެން އިންޑިޔާއަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އަތޮޅެއްހާ ދުރުގައި އޮތް ތަނެއް. ކީއްވެގެންތޯ މިހާ އަގުބޮޑުވަނީ އިންޑިޔާއިން މެކްސިމަމް ރީޓޭލް ޕްރައިޒް ޖަހާފައި އޮންނަ ތަން ހޯލް ސޭލްކޮށްގެން ކުންފުނިތަކުން ގެނެސްގެން މިތާ ގައި ހަމަ އެ އަގަށް ވިއްކޭނެ. " ޝަރީފް ވިދާޅުވިއެވެ.