Last Updated: April 24, 09:32
Wednesday, April 24, 2024
ޚަބަރު

ރަންވޭ މަސައްކަތް ކުރަން ހުރި މީހެއްގެ ގަޔަށް ސިމެންތި ޖަމްބޯއެއް ވެއްޓި ފަރުވާ ދެނީ

އެޢަޕޯޓް ތަރައްޤީ ކުރުމަށް ބިން ހިއްކަނީ،

ގަން އެއާޕޯޓް ރަންވޭގެ މަސައްކަތުގައި ހުރި މީހެއްގެ ގައިމައްޗަށް ސިމެންތި ޖަމްބޯ ބޭގެއް ވެއްޓި އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 11:00 ޖަހާ އެހާކަށް އިރު ހިނގި މި ހާދިސާގައި އަނިޔާވީ ފޭދޫ ބަހާރުގޭ އިބްރާހީމް ސައީދު (އިބްރާ)، 43، އަށެވެ.

އޭނާއަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިމަޖެންސީގައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި އިބްރާގެ މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާ ދީ ހޮސްޕިޓަލުން ބުންޏެވެ.

ޑެންމާކްގެ ހޯގާޑް ކުންފުނިން ގަމުގެ އެއާޕޯޓް ރަންވޭގެ މަސައްކަތް ކުރަމުން އަންނަ އިރު އެމަސައްކަތުގައި އައްޑޫގެ ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.