Last Updated: March 29, 06:30
Friday, March 29, 2024

އަޒްފާގެ މައްޗަށް ކަށު ނަމާދު ކުރުން މިރޭ އިސްލާމީ މަރުކަޒުގައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ނިޔާވި، ސ.ހިތަދޫ ލިލަކް، ޢައިޝަތު އަޒްފާ ޒުހެއިރުގެ މައްޗަށް ކަށު ނަމާދު ކުރުން މިރޭ 12:30 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ.

އަޒްފާގެ މޫނު ދެއްކުން މިރޭ 11:30 އާއި ހަމައަށް އާ ސަހަރާގައި ކުރިއަށް ގެންދާނެ ކަމަށާއި އަދި މިރޭ އިސްލާމީ މަރުކަޒުގައި ކުރެވޭ ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.