Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފޭދޫ އެސްޓިއޯއިން މިހާރު ކޭޝް ކާޑަށް ފައިސާ ނެގޭނެ

ފޭދޫ އެސްޓިއޯ ފިހާރައިގައި ބީއެމްއެލް ބޯޑު ޖަހާފައި. ފޮޓޯ ފޭދޫ އެސްޓިއޯ

ސ. ފޭދޫގައި ހުންނަ އެސްޓިއޯ ފިހާރައިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑު ތަކުން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ބޭންކްގެ އިސް އޮފިޝަލަކު ވިދާޅުވީ، ފޭދޫ އެސްޓިއޯ ފިހާރައިން ޕީއޯއެސް މެދުވެރިކޮށް މިހާރު ދުވާލެއްގެ މައްޗަށް 2000 ރުފިޔާ ނެގޭނެކަމަށެވެ. އަދި ފައިސާ ނަގަން ދުރުވާއިރު އައިޑީ ކާޑް ގެންނަން ޖެހޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެމީހެއްގެ އަމިއްލަ ކާޑުން ފައިސާ ނެގޭނީ އެހެންވެ ވެރިފައި ކުރުމަށް އައިޑީ ކާޑް ގެންނަން ޖެހެނީ" އޮފިޝަލް ވިދާޅުވިއެވެ.

ފޭދޫ ބޮޑު މަގުގައި ހުންނަ އެސްޓިއޯ ފިހާރައިން ޕީއޯއެސް މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސި އިރު މީގެ ކުރިން ފޭދޫގެ ރައްޔިތުން ފައިސާ ނަގަން ދާން ޖެހެނީ ގަމުގެ ޑިޕާޗާރ ޓަމިލް ނުވަތަ މަރަދޫ ފޭދޫގައި ހުންނަ ބޭންކްގެ ގަން ބްރާންޗްގެ އޭޓީއެމްއަށެވެ. އަދި އެކަން ގިނަ ރައްޔިތުންނަށް ވެފައިވަނީ ބޮޑު ތަކްލީފަކަށެވެ.

ބީއެމްއެލްއިން ބުނީ ވަރަށް އަވަހަށް ފޭދޫގައި އިތުރު އޭޓީއެމް މެޝިނެއް ބެހެއްޓުމަށް މަސއްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭޓީއެމް ބަހައްޓާ ތަނަކާއި ތަފްސީލް ދޭން އަދި ބޭންކުން ބޭނުމެއް ނޫނެވެ.

ބީއެމްއެލްއިން ކޭޝް ކާޑަށް ފައިސާ ނެގޭ ގޮތަށް ހަމަޖެއްސި އިރު މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ހިތަދޫގެ 3 ފިހާރަތަކުން ޕީއޯއެސް މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައެވެ.