Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އިބްރޭއާއި ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގުން ހަވާލު ކުރަނީ

އެމްޑީޕީގެ އިސް އެކްޓިވިސްޓެެއްގެ ގޮތުގައި ހުންނަވައި، ނަޝީދުގެ ސަރުކާރުގައި ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް ކަން ކުރެއްވި ހުޅުދޫ، ކަޅުމަގިގެ، އިބްރާހިމް ޒުބައިރު (އިބްރޭ) އާއި ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގުން ހަވާލު ކުރުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރޭ، ވަރަށް އަވަހަށް ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވާނެއެވެ. އަދި އޭނާ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހުންނަވަނިކޮށް ފެބްރުއަރީ 8، 2012 ގައި އައްޑޫގެ ކޯޓުތަކާއި، ޕޮލިސް ސްޓޭޝަން ތަންތަން އަންދާލި މައްސަލާ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އިބްރޭ ހިމެނެއެވެ. އިބްރޭ ހައްޔަރުކޮށްފައިވަނީ ހުޅުދޫ ކޯޓު އަންދާލި މައްސަލާއިގެ ތުހުމަތުގައެވެ.

ވަރަށް ފަހަކާއި ޖެހެންދެން އެމްޑީޕީގައި ހުންނެވުމަށްފަހު، ނިމިގެންދިޔަ މަޖްލިސް އިންތިހާބުގައި، އިބްރޭ ވަނީ އެމްޑި÷ިން ހުޅުދޫއަށް ކުރިމަތި ލެއްވި އިލްޔާސް ލަބީބް އާއި އިދިކޮޅަށް ތެދުވެ، ކެމްޕެއިން ކޮށްފައެވެ. އަދި ޕީޕީއެމް ކެންޑިޑެޓް ޝާޑުއަށް ތާއިދު ކުރައްވައި ފަހުން ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

އިބްރޭ ހުޅުމީދޫ ސިއްހީ މަރުކަޒާއި ހަވާލުވާއިރު، އަތޮޅު ހޮސްޕިޓަލް ތަކާއި، ސިއްހީ މަރުކަޒުތަކަށް "ސިޔާސީ" މެނޭޖަރުން އައްޔަން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.