Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސްގެ އަނބިކަނބަލުން ފޭދޫ ސްކޫލަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ފޭދޫ ސްކޫލަށް 20 ލެޕްޓޮޕް ހަދިޔާ ކުރައްވައިފިއެވެ.

ފޭދޫ ދާއިރާގެ ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އާމިނަތު އީނާގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ފޭދޫ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގަައި 20 ލެޕްޓޮޕްގެ ރަމްޒީ ފިލާ ވަނީ ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްޠަފާއާއި ހަވާލުކުރައްވާފައެވެ.

ރޭ ފޭދޫ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ފޭދޫ ބަނދަރު ސަރަހައްދާއި، ފޭދޫ ސްކޫލް ހުންނަ ރަށްދެބައި މަގުގައި، ތާރު އެޅުން ރަސްމީކޮށް ވަނީ އިފްތިތާހް ކުރައްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ފޭދޫ ސްކޫލަށް 20 ލެޕްޓޮޕް ހަދިޔާ ކުރެއްވި އިރު ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ ވަނީ ފޭދޫ ކުދިމާ ޕްރީ ސްކޫލަށް ފޮޓޯކޮޕީ މެޝިނެއް އިއްޔެ ހަދިޔާ ކުރައްވާފައެވެ.