Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ގެސްޓްހައުސް ތަރައްޤީ ކުރުމަށް ބޭރުގެ ތިން ފަރާތަކުން ހުށަހަޅައިފި

މީދޫ ޗާމިން ގެސްޓް ހައުސް - ފޮޓޯ: ޝަރަފް

އައްޑޫގެ ރަށްވެހިކަމާއި ގުޅުވައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން ގެސްޓްހައުސް ތަރައްޤީކުރުމަށް ބޭރުގެ 3 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ ގެސްޓް ހައުސް ވެންޗާގެ ދަށުން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވަނީ އިންޑިޔާ، ނެދަލެންޑްސް އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް ކުންފުނިތަކުން ކަމަށެވެ.

އައްޑޫ ގެސްޓްހައުސް ވެންޗާރގެ ދަށުން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް މިހާތަނަށް 34 ބިން ވެރިންނާއި އެކު ކައުންސިލުން ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

އައްޑޫގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ޤައުމީ ތަރައްޤީގައި އައްޑޫގެ ހިއްސާ އިތުރުކުރުމަށް ހިންގާ ގެސްޓް ހައުސް ވެންޗާގެ ދަށުން ގެސްޓުހައުސް ބިނާކުރުމުގެ އިތުރުން ފަތުރުވެރިކަމާއި ގުޅޭ އެހެނިހެން ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން އެފަދަ ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެކަމަށް ކައުންސިލުން ބުނެއެވެ