Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާއި ހަވާލުކޮށްފި

ހުޅުމީދޫ ސިއްޙީ މަރުކަޒު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ޔުމަން ކޮންސްޓަރަކްޝަން އާއި އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ޔުމަން ކޮންސްޓަރަކްޝަނާއި ހަވާލު ކޮށްދެވީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްއެވެ.

މި މަޝްރޫގެ ދަށުން ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވާނެއެވެ. އަދި މި މަސައްކަތް ކުރުމަށް ޔުމަން އަށްދީފައިވަނީ 47 ދުވަހުގެ މުއްދަތެކެވެ.

ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގުން ދާދި ފަހުން، ވަނީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރޭހިމް ދީދީ (އިބްރޭ) އާއި ހަވާލުކޮށްފައެވެ.