Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ވަގުފު އިމާރާތަށް 15000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

އައްޑޫގައި ހަދަން ނިންމާފައިވާ ވަގުފު އިމާރާތް އެޅުމަށް ބޭނުންވާ ބިން އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިދީފިއެވެ.

ވަގުފު އިމާރާތަށް 15000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައި ވަނީ ސ.ހިތަދޫގައި ހުންނަ ދިރާގު އޮފީސް ކައިރިންނެވެ.އައްޑޫ ސިޓީ ކައުންސިލްގެ 20 ވަނަ ބައްދަލުވުމުގައި ހަމަޖެއްސި މި ބިމާ ބެހޭ ގޮތުން މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެ ތަން ޑިޒައިން ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އައްޑޫގައި ވަގުފް އިމާރާތެއް ހަދަން ނިންމާފައި ވާކަން އެންމެ ފުރަތަމަ އިއުލާންކޮށްފައި ވަނީ މާޗް 25 ވަނަ ދުވަހު ހިތަދޫގައި އިސްލާމިކް ބޭންކްގެ ބްރާންޗް ހުޅުވުމެގެ ރަސްމިއްޔާތުގައެވެ. މިނިސްޓަރ ޝަހީމް މިދިޔަ މަހު ވިދާޅުވެފައި ވަނީ ވަގުފު އިމާރާތް ހެދުމަށް ބޭނުންވާނެ ކަމަށް ބެލެވޭ 5 މިލޔަން ރުފިޔާ ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ލިބޭތޯ ބަލަމުން އަންނަކަމަށެވެ.

ހިތަދޫގައި އިމާރާތްކުރާ ވަގްފު އިމާރާތް ވެގެންދާނީ އަތޮޅު ތެރޭގައި ގާއިމުކުރާ މިފަދަ ފުރަތަމަ އިމާރާތަށެވެ.