Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ފޭދޫ ސިއްހީ މަރުކަޒާއި ހިތަދޫ ހޮސްޕިޓަލް މަރާމާތު ކުރުމަށް ހަވާލްކޮށްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ސ. ފޭދޫ ސިއްހީ މަރުކަޒާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމަށް ހިތަދޫ ކުންފުންޏެއް ކަމަށް އިމްޕެކްޓް ބިލްޑާސް އާއި ހަވާލުކޮށްފިއެވެ.

ހޮސްޕިޓަލް ތަން މަރާމާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އިމްޕެކްޓް ބިލްޑާސް އާއި އެކު އެއްބަސްވީ ފޭދޫ ސިއްހީ މަރުކަޒުގެ ދޮރާއި ދޮރުފަތާއި އޭސީ ބަދަލު ކުރުމުގެ އިތުރުން ފާހާނާއާއި ކުޑަކުދިންގެ ވޯޑު މަރާމާތު ކުރުމަށެވެ. މި މަސައްކަތަށް 216،090 ރުފިޔާ ހޭދަވާ އިރު މަސައްކަތް ނިންމުމަށް ދީފައިވަނީ 27 ދުވަހުގެ މުއްދަތެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މަރާމާތުގެ ތެރޭގައި ހިމެނެނީ އެ ހޮސްޕިޓަލްގައި ޑަޔަލަސިސް ސްޓޯރޭޖް ޓެންކް ބެހެއްޓުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން މި މަސައްކަތް ވެސް 27 ދުވަހުގެ ތެރޭގައި ނިންމާއިރު މަސައްކަތުގެ އަގަކީ 76،958 ރުފިޔާ އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށްވެސް މިހަފްތާ ތެރޭ ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.