Last Updated: March 29, 18:55
Friday, March 29, 2024
ސިޔާސީ

އަލީ ވަޙީދުގެ ޝުކުރު އީނާއަށް!

އިއްޔެ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އީނާ ނަސީރު ކުރެއްވި ހިތްވަރަށާއި، އިންތިޚާބަށް ފަހު ނަތީޖާއާ އެކު ކޯޓަށް ވަޑައިނުގެންނެވި ކަމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ޝުކުރުދަންނަވައިފިއެވެ.

އަލީ ވަހީދު ވިދާޅުވީ ބައި އިލެކްޝަން އާއި ދިމާކޮށް ފޭދޫގައި ތާރު އެޅުމުގެ މަސައްކަތާއި ލެޕްޓޮޕް ބެހުމާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގިނަ ކަންކަން ކުރިޔަށް ދިޔަ ކަމަށާއި، ނަމަވެސް ފޭދޫއިން ސަރުކާރަށް ދިން މެސެޖަކީ، ދިވެހި ރައްޔިތުން ދެން މިފަދަ ކަންކަމަށް ހައްލުވައި ނުލެވޭނެކަމެވެ.

އިއްޔެ ބޭއްވުނު އިންތިޚާބުގައި، ފޭދޫ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ފަހްމީ މުހައްމަދަށް ލިބިވަޑައިގެންނެވީ 1070 ވޯޓެވެ. އޭނާއާ ވާދަކުރެއްވީ ޕީޕީއެމްގެ އީނާ ނަސީރަށް ލިބިވަޑައިގެންނެވީ 868 ވޯޓެވެ.