Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކުޑަކުއްޖަކާއި ބަދްއަހްލާގީ އަމަލް ހިންގި ކަމުގެ ތުހުމަތުގައި މީދޫން 4 މީހަކު ހައްޔަރުކޮށްފި

ސ. މީދޫގައި ކުޑަ އަންހެން ކުއްޖަކާއި ބަދްއަހްލާޤީ އަމަލް ހިންގި ކަމުގެ ތުހުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ 14 އަހަރުގެ އަންހެން ކުއްޖާއާއި ބަދްއަހްލާޤީ އަމަލް ހިންގި ކަމަށް އެކުއްޖާ ބުނި 4 މީހަކު ހުޅުމީދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހްގީގު ކުރުމަށްފަހު މިހާރު މި 4 މީހުން ވަނީ ގަމު ޕޮލިސް ސްޓޭޝަނަށް ގެނެސްފައެވެ.