Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

އައްޑޫއަށް ފޮނުވާކަށް އިންޖީނެއް ނެތް!

އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ: ކަރަންޓްގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

މިހާރުގެ ސަރުކާރުން އަތޮޅުތަކަށް ފޮނުވަން ގެނައި 77 ޖަނަރޭޓަރުގެ ތެރެއިން 1 މެގަ ވޯޓުގެ ދެ އިންޖީނު ހުރި ވާހަކަ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓްރ މުހައްމަދު ނިމާލު ދިޔައީ ވިދާޅުވަމުންނެވެ.

އައްޑޫގެ ރަށްތަކުން ކަރަންޓް ކެނޑި ގިނަ ދުވަސްތަކެއް ދިގު ދެމިގެންދާ ކޮންމެ ފަހަރަކު ނިމާލް ވިދާޅުވާ ވާހަކަ އަކީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ދެ މެގަ ވޯޓްގެ އިންޖީނެއް ގެންނަ ވާހަކައެވެ. އެވާހަކަ ދައްކާތާ މިހާރު 2 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެ ދިޔައީއެވެ.

"24 ގަޑިއިރަށް ކަރަންޓް ޔަޤީން"ގެ ނަމުގައި ރޭ ސަރުކާރުން ބޭއްވި ބޮޑު ބައްދަލުވުމުގައި ފެނިގެން ދިޔައީ އަނެއްކާ ވެސް 2 މެގަ ވޯޓް އިންޖީނަކާއި، އިތުރު 1 މެގަ ވޯޓްގެ ދެ އިންޖީނު ގެނައުމަށް ބޭރުގެ ސަޕްލަޔަރަކާއި ފެނަކަ ކޯޕަރަޝޭން އާއި ދެމެދު ކުރެވުނު އެއްބަސް ވުމުގެ "ފިލާ" ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހަވާލުކުރި މަންޒަރެވެ.

ފިނޭންސް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި 150 މިލިއަން ރުފިޔާއިން 77 ޖަނަރޭޓަރު ގަތް އިރު އޭގެ ތެރޭގައި އައްޑޫއަށް ފޮނުވަން 2 ޖަނަރޭޓަރު ހިމެނި ވާހަކަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރޭގެ ބައްދަލުވުން ނިމުނު އިރުވެސް އައްޑޫއަށް ފޮނުވާކަށް އިންޖީނެއް ނެތެވެ.

އައްޑު އަށް ޖެނެރޭޓަރު ފޮނުވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯ އަށް ހުއްޓިގެން.--ހަވީރު ފޮޓޯ: ނިޝާން އަލީ
އައްޑު އަށް ޖެނެރޭޓަރު ފޮނުވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯ އަށް ހުއްޓިގެން.–ހަވީރު ފޮޓޯ: ނިޝާން އަލީ

ރޭގެ ފެނިގެން ދިޔަ މަންޒަރުން މިހާތަނަށް ނިމާލް ދެއްކެވި އެއްވެސް ވާހަކަ އެއް ގަބޫލް ކުރެވޭކަށް ނެތެވެ. ނިމިގެން ދިޔަ ރަމަޟާން މަހުގެ ގިނަ ދުވަސްތަކެއް ކަރަންޓް ނެތި އައްޑޫ ރައްޔިތުން ހޭދަކުރަމުން ދަނިކޮށް ނިމާލް ވިދާޅުވީ، ދެ މެގަ ވޯޓް އިންޖީނަކީ މަކެޓްގައި ލިބެން ހުންނަ އެއްޗަކަށް ނުވާތީ ކުންފުންޏަކަށް އޯޑަރު ދީފައިވާ ކަމަށެވެ. އަދި އެކަމުގައި އިމެނޭ ހުރިހާ ލިއެކިއުމުގެ ކަންކަން ވެސް ނިމިފައިވާ ކަމަށެވެ.

ބޮޑު ސިޔާސީ ޖަލްސާއެއް ބާއްވާ ޖަނަރަޭޓަރުތައް ބަހާލި ބައްދަލު ވުމަށް ފަހު ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ ވަނީ ސަރުކާރަށް ޝުކުރު ދަންނަވައި ބަޔާނެއް ނެރެފައެވެ.
10259755_638680602912749_5562723665579050839_n

އެބަޔާނުގައި އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅު އަޅުއްވައި، ސަރުކާރުގެ ބަޖެޓް ޑެފިސިޓް ނުހަނު ބޮޑު ވަގުތެއްގައި އަގުބޮޑު ޖަނަރޭޓަރު ތަކެއް ގެނެސްދެއްވި ކަމަށްޓަކައި ރައްޔިތުން ފަރުދީ ފެންވަރުގައި ޝުކުރު ދެންނެވުމަށް ބުނެފައެވެ.

އިބްރާހިމް ދީދީ މިފަދަ ގޮތަކަށް ބަޔާން ނެރުއްވި އިރު، އިތުބާރު ހުރި ގޮތެއްގައި "އައްޑޫލައިވް"އަށް މައުލޫމާތުލިބިފައިވާ ގޮތުގައި އަލަށް މި ގެނައި ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވަން ހަމަޖެހިފައި ނުވެއެވެ.

އަދި ރައްޔިތުން ސަރުކާރަށް ޝުކުރުވެރިވުމަށް ބުނެފައިވާ އިރު ، އެތަކެއްޗަކީ ރައްޔިތުންގެ ފައިސާއިން ގަނެފައިވާ ތަކެތިއެވެ.

ރައީސް ޔާމީން ހިމެނިވަޑައިގަތް ރަސްމިއްޔާތުގައި އެމަނިކުފާން ވިދާޅުވީ އަންނަ އަހަރު، ކަރަންޓަށް ހޭދަކުރާ މިންވަރު މަދު ކުރުމަށް ހިތަދޫން ފެށިގެން ފޭދޫއާއި ހަމައަށް ސޯލާ ޕެނަލް ޖަހައިގެން ހަކަތަ އުފައްދާނެކަމަށެވެ.

ޔާމީން ރޭ ވިދާޅުވީ އައްޑޫގައި ބޭނުންކުރާ ކަރަންޓް ތިން ބައިކުޅަ އެއްބައި ސޯލާ ޕެނަލް މެދުވެރިކޮށް އަންނަ އަހަރު އުފައްދަން ފަށާނެކަމަށެވެ.