Last Updated: March 28, 14:17
Thursday, March 28, 2024
ވިޔަފާރި

ޒީކް "ފަސް އެނބުރި ނުބަލާ ސޭލް" 29 ގައި!

އަންނަ އަޟްހާ އީދަށް ހެދުން ގަންނަން ބޭނުންވާ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.

އަބަދުވެސް ކަސްޓަމަރުން ހައިރާންކޮށްލާފަދަ ސޭލް ބާއްވަމުން އަންނަ ހިތަދޫ ޒީކް ފިހާރައިން މިފަހަރުގެ އަޟްހާ އީދަށް މިއޮތީ "ފަސް އެނބުރި ނުބަލާ" ސޭލްއެކެވެ.
10717506_10152263867426150_1385887455_n

ޒީކް ފިހާރައިގެ ވެރިއާ އަބްދުﷲ ހަސަން (އައްތު) ބުނީ މިމަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފަސް އެނބުރި ނުބަލައި ޒީކް ސޭލްއަށް އައުމުން ތިޔަ އެދިލައްވާ ހުރިހާ ބާވަތެއްގެ ހެދުން ފިހާރައިން ލިބެން ހުންނާނެކަމަށެވެ.

"އަޅުގަނޑުމެންގެ މިފަހަރުގެ ސޭލްގައިވެސް ވަރަށް އަގުހެޔޮކޮށް ހުރިހާ އުމުރެއްގެ ހުރިހާ ޖިންސެގެ މީހުންގެ ގާމެންޓްސް ލިބެން ހުންނާނެ، އަނެއްކާ ނުލާހިކު އަގުހެޔޮވާނެ. ކޮންމެހެން ހަދައިގެންވެސް ހުސްވުމުގެ ކުރިން ޒީކް ސޭލްއަށް އަންނަންވާނެ"
10719138_10152263867436150_1490715550_n

އައްތު ބުނީ މިފަހަރުގެ ސޭލްގައި ވެސް ޖީންސް ފަދަ ތަކެތި ހީނުކުރާހާ ހެޔޮއަގުގައި ލިބެން ހުންނާނެކަމަށެވެ.