Last Updated: April 20, 09:14
Saturday, April 20, 2024
ޚަބަރު

އުރީދޫގެ ކާމިޔާބް ޕާޓްނަރަކަށް "ހަވާރަން"

އުރީދޫގެ ޕާޓްނަރުންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުން ހޯދި އެއް ޕާޓްނަރަކަށް މީދޫ ހަވާރަން ހޮވިއްޖެއެވެ.

އުރީދޫގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާރަންއަށް ވަނީ އެވޯޑް އަރުވާފައެވެ. އެވޯޑާއި ހަވާލުވީ ހަވާރަންގެ ފަރާތުން އުރީދޫ ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތް ތެރިވަމުން އަންނަ އަމީން ހާނީއެވެ.

މިރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ބިޒްނަސް ޕާޓްނަރުންނަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް ބާރު ކަމަށެވެ.

މީދޫ ހަވާރަން ފިހާރައިން ވަނީ ފާއިތުވި މުއްދަތުގައި ހުޅުމީދޫގައި އެރީދޫ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން މިއަދު ނިސްބަތުން އައްޑޫގައި އުރީދޫގެ އެންމެ ގިނަ ކަސްޓަމުން ތިބީ ހުޅުމީދޫގައި ކަން ފާހަނގަކޮށްލެވެއެވެ.

އުރީދޫގެ ޕާޓްނަރުން ދޭ ހިދްމަތްތަކުގެ ތެރޭގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑުގެ ހިދުމަތުގެ އިތުރުން ޑޭޓާ ކަނެކްޝަންގެ ހިދުމަތާއި ބިލަށް ފައިސާ ދެއްކުމުގެ އިތުރުން ސިމް ކާޑު ބަދަލުކޮށްދިނުމުގެ ހިދްމަތް ހިމެނެއެވެ.