Last Updated: April 18, 18:36
Thursday, April 18, 2024

އައްޑޫގައި ބާއްވާ ބޮޑު އީދު ކުޅިވަރު ވީޓީވީ އާއި ރާއްޖެ ޓީވީން ވަގުތުން

ނޫރުލް އިސްލާމްގެ ފަރާތުން މިދިޔަ ފިޠުރު އީދު ސްޓޭޑިއަމްގައި ކުރަނީ.

މިއަހަރުގެ ބޮޑު އީދު ފާހަނގަ ކުރުމުގެ ގޮތުން އައްޑޫގައި ކުރިއަށްގެންދާ ހަރަކާތްތައް ރާއްޖެ ޓީވީ އާއި ވީޓީވީން ވަގުތުން ގެނެސްދޭން ނިންމައިފިއެވެ.

އީދު ކުޅިވަރު ފާހަނގަ ކުރުމުގެ ގޮތުން ހިތަދޫ އާއި މަރަދޫގައި ހާއްސަ ހަރަކާތްތަކެއް ހިންގަންވަނީ ރާވާފައެވެ. އީދު ކުޅިވަރު، މަރަދޫގައި އިންތިޒާމް ކުރަނީ "ހިޔައު" ޖަމިއްޔާގެ ފަރާތުންނެވެ. ހިތަދޫގެ ހަރަކާތްތައް އިންތިޒާމް ކުރަނީ އައްޑޫ ފްރެންޑްސް އާއި އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެންނެވެ.

އީދު ފާހަނގަ ކުރުމުގެ ގޮތުން މަރަދޫ ޕާކްގައި ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދު ރާއްޖެ ޓީވީން ވަގުތުން ގެނެސްދޭއިރު، އައްޑޫ ސްޓޭޑިއަމްގައި ނޫރުލް އިސްލާމްއިން އިންތިޒާމް ކޮށްގެން ކުރެވޭ އީދު ނަމާދު ވީޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.

އައްޑޫ ފްރެންޑްގެ އިސް އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ކުރިއަށްގެންދާ ކުޅިވަރު، ރާއްޖެ ޓީވީ އާއި ވީޓީވީން ވެސް ލައިވް ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖެ ޓީވީން ލައިވް ކުރާނީ ހަރަކާތުގެ އެއްބައި ކަމަށެވެ.

ރާއްޖެ ޓީވީން ބޮޑަށް ގެނެސްދޭނީ މަރަދޫގައި ކުރިއަށްދާ އީދު ކުޅިވަރުއެވެ.

އީދުގެ ހަރަކާތް ކަވަރު ކުރުމަށް ވީޓީވީ އާއި ރާއްޖެ ޓީވީގެ ކްރޫން އޮކްޓޫބަރު 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އައްޑޫގައި ފާހނަަގަ ކުރާއިރު ސަގާފީ ގިނަ ކުޅިވަރުތައް ވަނީ ހިމަނާފައެވެ. އެގޮތުން ދަފި ނެގުމާއި، ބޮޑު މަސް ދުއްވުން ހިމެނެއެވެ. އަދި ސްކޫލް ކުދިންގެ ހަރަކާތާއި، ބޮޑު ބެރުގެ އިތުރުން އާއިލީ ހަވީރު ހިމެނެއެވެ.