Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދާ އެންމެން ފުރައިފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ ހުރިހާ އެންމެން ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ މީހުން ފުރާފައިވަނީ މިދިޔަ މަހުގެ 28 ވަަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 1300 މީހުންނެވެ. މީގެ ތެރޭގައި އެޑްވާންސް ޓީމުގައި ހިމެނޭ 10 މީހުންވެސް ހިމެނެ އެވެ.

ހައްޖު ކޯޕަރޭޝަނާ އެކު މިއަހަރު ހައްޖަށް ދިޔަ މީހުން ސައުދިއަރަބިއްޔާގައި ތިބުމަށް ހަމަޖެހިފައިވަނީ ތިން ހޮޓަލެއްގައި ކަމަށާއި، ހޮޓެލްގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖަށް ދާ މީހުންގެ އަތުން ބޮލަކަށް ނަގާފައިވަނީ މިދިޔަ އަހަރުވެސް ނެގި އަގު ކަމުގައިވާ 69،969 ރުފިޔާ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް 1.5 މިލިއަން މީހުން ޖަމާވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފަ އެވެ.