Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި

ރޭ 9:00 ޖަހާކަށް ހާ އިރު ހުޅުދޫގައި އުމުރުން ދުވަސްވީ މީހެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ ހަމަލާދީ ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ އެރަށު ފޯމޯސްޓް 2 ފިހާރަ ހިންގަމުން އަންނަ،ދުނިފަރު ހުސެއިން ފުތާ (ހުސޭނުބޭބޭ) އަތުން ކަމަށެވެ.

ހުސޭނުބޭބެ،  ފައިސާ ތަކާއި އެކު، ފޮޓޯ: އަލީ އަންވަރު
ހުސޭނުބޭބެ، ފައިސާ ތަކާއި އެކު، ފޮޓޯ: އަލީ އަންވަރު

އައްދު ވިދާޅުވީ މިހާދިސާގައި ހުސޭނުބޭގެ އަތުން ފައިސާ ފޭރިގަންނަން މަސައްކަތް ކުރި މީހުން އޭނާ ބިމަށް ވައްޓާލާ ފައިސާ އަޅާފައި ހުރި ކޮތަޅު ޖަހައިގެން ދުއްވައިގަންނަން އުޅުމުން ހުސޭނުބެ ހަޅޭލަވާ އަޑަށް އެހީސާބަށް މީހުން ދިއުމުން އެބަޔަކު ފިލައި ރައްކާވެފައިވާ ކަމަށެވެ. މިހާދިސާގައި ހުސޭނު ބޭބެ އަތުން ކޮންމެވެސް ވަރެއްގެ ފައިސާތަކެއް ވަނީ ފޭރިގެންފައެވެ.

އަދި މައްސަލަ ޕޮލިހަށް ރިޕޯޓް ކުރުމުން އެ މައްސަލާއިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އިތުރު ބަޔަކު ހޯދަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.