Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ހުޅުދޫ އާއި ކެނަރީފް ރިސޯޓުގެ ވޮލީ މެޗެއް މިއަދު ހަވީރު

ހުޅުދޫ ޓީމާއި ކެނަރީފް ރިސޯޓްގެ ޓީމު ޢީދު ދުވަހު ކުޅުނު މެޗްގެ ތެރެއިން. ފޮޓޯ: ކިޔުންތެރިއެއް

ހުޅުދޫ ޒުވާނުންގެ ޓީމަކާއި ކެނަރީފް ރިސޯޓުގެ(ކުރީގެ ހެރެތެރެ ރިސޯޓް) ޓީމަކާއި ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗެއް މިއަދު ހަވީރު އޮންނާނެއެވެ.

ހުޅުދޫގެ ރައްޔިތުންނާއި އެ ރިސޯޓުގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ މަޤްސަދުގައި ކުޅޭ މިމެޗް އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މީގެ ކުރިން ވެސް ކެނަރީފް ރިސޯޓާއި ހުޅުދޫގެ ޒުވާނުންނާއި ދެމެދު ވަނީ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފައެވެ. ޢީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ މެޗް ކުޅުނީ ހުޅުދޫގައެވެ.

ކެނަރީފް ރިސޯޓަކީ ހުޅުމީދޫގެ ވަރަށް ގިނަ ބަޔަކު ވެސް ވަޒީފާ އަދާކުރަމުން ގެންދާ ރިސޯޓެކެވެ. އެހެންވެ އެ ރިސޯޓުގެ މެނޭޖްމެންޓާއި ހުޅުމީދޫގެ ރައްޔިތުންނާއި ދެމެދު އަބަދުވެސް ރަގަޅު ގުޅެމެއް އޮވެއެވެ.