Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

އައިބީ އަކީ އައްޑޫގެ ރައްޔިތުންނަށް ލިބިފައިވާ ޖަވާހިރެއް: އީނާ

'ފުނަ' ހަރަކާތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބީ ވާހަކަ ދައްކަވަނީ. އައްޑޫލައިވް ފައިލް ފޮޓޯ

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ އަކީ އައްޑޫގެ ރައްޔިތުންނަށް ލިބިފައިވާ ޖަވާހިރެއް ކަމުގައި ޕީޕީއެމް އެކްޓިވިސްޓް އީނާ ނަސީރު ބުނެފިއެވެ.

އީނާ މިގޮތަށް ބުނީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް "ރޮކެޓް ސްޕީޑް" ގައި އެޅިގެންދާނެ ކަމަށް މީގެ ކުރިން ބުނެފައިވާތީ، އެކަމާއި ގުޅިގެން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އީނާ ބުނި ގޮތުގައި އައްޑޫގެ އާ ހޮސްޕިޓަލް އެޅިގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

" ރޮކެޓް ސްޕީޑްގައި ހަމަ ކުރިއަށް ދާނެ. އިރާދަ ކުރެއްވިއްޔާ އައްޑޫގައި ފެންވަރު ރަގަޅު ހޮސްޕިޓަލެއް މި ސަރުކާރުގައި އެޅިގެންދާނެ. " އީނާ ބުންޏެވެ.

އީނާ އިތުރަށް ބުނި ގޮތުގައި ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ އަކީ އައްޑޫގެ ރައްޔިތުންނަށް ލިބިފައި ހުރި ޖަވާހިރެއް ކަމަށާއި، އެބޭފުޅާ ގެންދަވަނީ ސަރުކާރާއި ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ހޮސްޕިޓަލް އެޅުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އައްޑޫގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތަށް 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމެނިފައިވީ ނަމަވެސް މިހާތަނަށް ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުން ނޫން އެހެން ކަމެއް ކޮށްފައެއް ނުވެއެވެ.