Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

އެކުވެރިކަމުގެ ވޮލީ މެޗް ހުޅުދޫ ޓީމުން ކާމިޔާބުކޮށްފި

އިއްޔެ ހަވީރު ކުޅުނު ވޮލީ މެޗް. އައްޑޫލައިވް ފޮޓޯ: މައުބޫ

އިއްޔެ ހަވީރު ހުޅުދޫ ޒުވާނުންގެ ޓީމަކާއި ކެނަރީފް ރިސޯޓުގެ(ކުރީގެ ހެރެތެރެ ރިސޯޓް) ޓީމަކާއި ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީ މެޗް ހުޅުދޫ ޓީމުން ކާމިޔާބުކޮށްފިއެވެ.

ކެނަރީފް ރިސޯޓުގައި ކުޅުނު މި މެޗް ހުޅުދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ހުޅުދޫގެ ރައްޔިތުންނާއި ކެނަރީފް ރިސޯޓުގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ މަޤްސަދުގައި މީގެ ކުރިން ވެސް ވަނީ ވޮލީ މެޗެއް ކުޅެފައެވެ.

ވޮލީގެ އިތުރުން ހުޅުމީދޫގައި ބާއްވާ އެހެނިހެން ކުޅިވަރު މުބާރާތްތަކުގައި ވެސް ކެނަރީފް ރިސޯޓުގެ ފަރާތުން ބައިވެވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.

134f89a3a8ee40863a906114f42d9807c9bc7f936eb11296e433b47f665f8c28

ހުޅުދޫ ޓީމުގެ ކުޅުންތެރިން. އައްޑޫލައިވް ފޮޓޯ: މައުބޫ
ހުޅުދޫ ޓީމުގެ ކުޅުންތެރިން. އައްޑޫލައިވް ފޮޓޯ: މައުބޫ