Last Updated: April 24, 17:03
Wednesday, April 24, 2024
ކުޅިވަރު

ވާދަވެރި މެޗް ފޭދޫއަށް!

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފޭދޫ އާއި ހިތަދޫ ބައްދަލު ކުރި މެޗް 2-1 ލަނޑުން ފޭދޫ ކާމިޔާބް ކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ފެދޫން ވަނީ 2 ލަނޑު ޖަހައި ކުރި ހޯދާފައެވެ. ފޭދޫގެ 2 ލަނޑު އެޓީމަށް ޖަހައި ދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި އެޓީމްގެ އިބްރާހިމް މަހްދީއެވެ.

ހިތަދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ޝަމްވީލް (ބޮންޑާ) އެވެ.

މުބާރާތުގައި ކޮންމެ ޓީމަކުން ދެ މެޗް ކުޅެފައިވާ އިރު ފޭދޫ ވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ.

މުބާރާތުގައި މިމަހުގެ 9 ވަނަ ދުވަހު ފޭދޫ ނިކުންނާނީ މީދޫއާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ ފޭދޫ ދަނޑުގައެވެ.

10 ވަނަ ދުވަހު ހިތަދޫ ނިކުންނާނީ މަރަދޫ ފޭދޫ އާއި ދެކޮޅަށެވެ..